ގޮއިދޫން އީދު ކުޅިވަރު ފެށީ އަލިފާން ފުޓްބޯޅަ މެޗަކުން

IMG_20190811_002208-1024x536.jpg

މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން ބ. ގޮއިދޫގައި ރޭ އަލިފާން ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

ފުޓްސަލް ސައިޒުގެ ދަނޑެއްގައި ރޭ ގޮއިދޫގައި ކުޅުނު މިމެޗްގައި ބައްދަލުކުރީ ރަށުގެ 30 އަހަރުން މަތީގެ ޓީމަކާއި، 30 އަހަރުން ދަށުގެ ޓީމެކެވެ. މިމެޗް 2-0ން ކާމިޔާބުކުރީ 30ން ދަށުގެ ޓީމެވެ.

އަލިފާން ފުޓްބޯޅަ އަކީ ބޯލައިގައި އަލިފާން ރޯކޮށްގެން ދަނޑުގެ ހުރިހާ ލައިންތަކަކާއި ގޯލްތަކުގައިވެސް ވަގުތުން ހުޅުޖަހައިގެން މީގެ ދެތިން އަހަރުކުރިން ގޮއިދޫގައި ތައާރަފްކުރި ފުޓްބޯޅައެކެވެ.

މިމެޗް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ގޮއިދޫގެ ފުޓްބޯޅަ ތަރި އާދަމް ނިޒާމް (ކިތުނާ) ބުނީ މިއީ ރަށުގެ ރައްޔިތުން ވަރަށް ޝައުގުވެރިވާ ކުޅިވަރަކަށްވާތީ، މިއަހަރުވެސް މިފަދަމެޗެއް ކުރިޔަށް ގެންދިޔައީ ކަމަށެވެ. އޭނާ ބުނީ ސެކިއުރިޓީ ވަރުގަދަކޮށް ކުރިޔަށްގެންދިޔަ މިމެޗް ބަލަން ގިނަ އަދަދަކަށް މީހުން އެއްވިކަމަށެވެ.

“ދަނޑު ވަށައިގެންނާ މެދުރޮނގާ ގޯލްތައްވެސް ހުންނާނީ މެޗްކުޅޭ ގަޑީގައި އަލިފާން ރޯކޮށްފަ. އަނެއްކާ ގޯތައްވެސް ހުންނާނީ ރޯކޮށްފަ. ބޯޅަވެސް ކުޅެމުންދާނީ ހުޅުގަނޑާއެކު. ކުޅުންތެރިންގެ ސެކިއުރިޓީއަށް އަލިފާން ނުހިފާކަހަލަ ސައިބޯނި، ލޯޝަން ކަހަލަ އެއްޗެތި ހާކައިގެން މެޗް ކުރިޔަށް ދާނީ” ކިތުނާ ބުންޏެވެ.

ކިތުނާ ބުނީ އީދާ ގުޅިގެން އެރަށުގެ ހުރިހާ އުމުރުފުރާތަކަށް އެކިކަހަލަ ކުޅިވަރު ހަރަކާތްތައް މިއަދާ މިރޭ އަދި މާދަމާވެސް ގޮއިދޫގައި ކުރިޔަށްދާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top