ޑެންގީހުން އަނެއްކާވެސް ފެތުރެން ފަށައިފި

index.jpg

މި ދުވަސްވަރު އަނެއްކާވެސް ޑެންގީހުމާ ވައިރަލްހުން މާލެއާއި އަތޮޅުތެރޭގައި ފެތުރެމުންދާކަމުގައ ިހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
މިއީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކަށްވާތީ މަދިރި ކޮންޓްރޯލް ކުރުމަކީ ހުރިހާ އެންމެންގެވެސް ޒިންމާ އެއް ކަމަށް ދެކިގެން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އެޖެންސީއިން އިލްތިމާސް ކުރާ ކަމުގައި ބުނެފައިވެއެވެ.
އެގޮތުން ޑަސްބިންފަދަ ކުނި އަޅާ އެއްޗިއްސަށް ފެން ނޭޅޭނެ ގޮތަށް މަތިޖަހާފައި ބެހެއްޓުމާ މަދިރި ލޯޝަނެއް ބޭނުންކުރުމާއި ވީހާ ވެސް ބޮޑަކަށް ހަށިގަނޑު ނިވާވާކަހަލަ ހެދުން މި ދުވަސްވަރު ބޭނުން ކުރުމަކީ މިކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމުގައި ބުނެފައިވެއެވެ. މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމާއެކު ގޭތެރެއަށްމަދިރި ނުވަދެވޭގޮތް ހެދުމަކީވެސް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ޑެންގީ ހުން އައުމުގެ އަލާމާތަކީ ގަދައަށް ހުންއައުމާއެކު ބޮލުގައި ރިއްސުމާ ޕެނަޑޯލް ފަދަ އެއްޗެއް ބޭނުންކުރުމުންވެސް ހުން ނުފިލުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ އަވަހަށް ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރި އަކަށް ދެއްކުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top