ޑރ ޒިޔާދުގެ ނަސޭހަތް: ޝައްކުވާ ކަންތަކާ ދުރުވުން

161025365-1.jpg

عَنْ أَبِيْ عَبْدِ اللهِ النُّعُمَانِ بْنِ بَشِيْرٍ رَضِيَ اللهُ عَنْهُ قَالَ:( سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: (إنَّ الْحَلاَلَ بَيِّنٌ وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُوْرٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ فَقَدِ اسْتَبْرَأَ لِدِيْنِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَقَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللهِ مَحَارِمُـهُ، أَلَا وَأَنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وهِيَ الْقَلْبُ)رواه البخاريُّ ومسلمٌ.

މާނައީ: މާތްﷲ ރުއްސުންލެއްވި ނުޢުމާނު ބްނު ބަޝީރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޙަލާލު ކަންތައް ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާންކަތައް ވެސް ވަނީ ބަޔާންވެގެންނެވެ. އެދެކަންތަކުގެ ދެމެދުގައި (ޙަލާލުކަންތަކާއި ޙަރާމްކަންތަކާ ދެމެދުގައި) އެއީ ކޮންކަހަލަ ކަމެއްކަން ނޭގޭ ކަންތައްތަކެއް ވެއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުން (އެކަންތައްތަކުގެ ޙުކުމަކީ، ޙަރާމްކަމެއްކަން ނުވަތަ ޙަލާލު ކަމެއްކަން) ނުދަނެއެވެ. ފަހެ އެކަންތައްތަކުން ރައްކާތެރިވެގެންފި މީހާ، ހަމަކަށަވަރުން އެމީހާގެ ދީނަށާއި އަބުރަށް ރައްކާތެރިވެގެންފިއެވެ. އަދި އެކަންތައްތަކަށް އަރައިގެންފިމީހާ ޙަރާކަންތައްތަކަށް އަރައިގެންފިއެވެ.

(އެއީ) ރައްކާތެރިވާންވީ ތަނެއްގެ ވަށައިގެން، އެމީހާގެ ބަކަރިތަކަށް ހުއިހައްޕާން އުޅޭމީހެއްފަދައިންނެވެ. (އެބަހީ: އެބަކަރިތައް ގޮވައިގެން އުޅުމުގެ ތެރޭގައި އެހެންމީހެއްގެ މިލްކުން ބަކަރި ހުއިކައިފާނެތެވެ.) އެބަކަރިތައް އެފަދަތަނަކަށްވަދެ ހުއި ކައިފާނެކަމީ ކައިރިވެގެންވާ ކަމެކެވެ. ދަންނާށެވެ! ކޮން ރަސްކަލަކަށްމެ ރައްކާތެރިވެގެންވާ ހިސާބެއް ލިބިގެންވެއެވެ. ދަންނާށެވެ! މާތްﷲ ރައްކާތެރި ކުރައްވާފައިވާ ހިސާބަކީ އެކަލާނގެ ޙަރާމްކުރެއްވި ކަންތައްތަކެވެ. ދަންނާށެވެ! ހަށިގަނޑުގައި ކުޑަ މަސްކޮޅެއް ވެއެވެ. އެ ރަނގަޅު ވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދާނެއެވެ. އަދި އެ ނުބައިވެއްޖެ ނަމަ މުޅި ހަށިގަނޑު ނުބައިވެދާނެއެވެ. ދަންނާށެވެ! އެއީ ހިތެވެ.”

ޙަދީޘް ލިބިގަންނަވި ފިލާވަޅު

  • ދީނީ ކަންކަމުގައި ޢިލްމުވެރިންގެ ބަސްހޯދުން
  • ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް އައު ކަންކަން ތަޢާރަފް ވާނެކަން
  • އަލަށް ތަޢާރަފް ވާކަންކަމުގަވެސް ދީނީ ޙުކުމް ހޯދަންޖެހޭނެ
  • ދީނީ ކަންކަމުގައި އަމިއްލަ އަށް ގޮތް ނުނިންމުން
  • ދިރިއުޅުމުގެ ހުރިހާ ކަމެއްގަ ޙަލާލުގޮތް ހޯދުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top