ކިހާދޫ ސްކޫލްގައި މުޒާހަރާކޮށްފި

50661305_10156241176814958_7532940511934414848_n.jpg

ބ.ކިހާދޫ ސްކޫލްގެ ގްރޭޑް ފަހަކާއި ހައެއްގެ ދަރިވަރުންނަށް މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ އެކަން ހުއްޓާލައި ވަކި ކުލާސްތަކުގައި ކިޔަވައިދޭން ގޮވާލާ އެ ރަށު ސްކޫލުގެ ބެލެނިވެރިންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ.

މަލްޓި ގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލުތަކުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެވެ.

ކިހާދޫ ސްކޫލުގެ ގްރޭޑު 5 ،6 ގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދެމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

މިކަން ބަދަލުކޮށް މި ދެގްރޭޑްގެ ދަރިވަރުން އެއްކޮށް މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ މިއަދު ހެނދުނު އެ ގްރޭޑުތަކުގެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލު ކުރިމަތީގައ ވަނީ އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.

ބެލެނިވެރިން ބުނަނީ މަލްޓި ގްރޭޑް ސިސްޓަމްގެ ސަބަބުން ރަނގަޅު ނަތީޖާ ހާސިލު ނުވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ހަލާކުވާ ކަމަށެވެ.

އެހެންކަމުން އެކަމާ ދެކޮޅަށް ބެލެނިވެރިން ސްކޫލް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދާއިރު  ދަރިވަރުން މިއަދު ސްކޫލަކަށް ނުފޮނުވައެވެ. ނަމަވެސް އެހެން ކްލާސްތަކުގެ ކިޔެވުން ކުރިއަށް ދިޔައެވެ.

ކިހާދޫގައި އެމައްސަލަ ބޮޑުވެފައިވާ އިރު އދ. ހަންޏާމީދޫގައި ވެސް މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ބެލެނިވެރިން ވަނީ ސްކޫލަށް ދަރިވަރުން ފޮނުވުން ހުއްޓާލާފައެވެ. އެކަން ބެލުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް މިހާރުވަނީ އެރަށަށް ގޮސް ކުރިންވެސް ކިޔަވައިދމުން އައިގޮތަށް ވަކި ކްލާސްތަކުގައި ކިޔަވައިދޭން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top