ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ހިންގި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.
ބ. އަތޮޅު ކައުންސިލާއި ކްލަބް އޭދަފުށި ގުޅިގެން ހިންގި 10 ދުވަހުގެ މި ކޯސް އިއްޔެ ނިންމާލި އިރު ކޯހުގައި ބައިވެރިވި މީހުންގެ ތެރެއިން 14 ބައިވެރިޔަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ.
މި ކޯހުގައި އިންސްޓްރަކްޓެއްގޮތުގައި ކޯހުގެ ބައިވެރިންނަށް މައުލޫމާތު ދެއްވީ އެފް.އޭ.އެމްގެ ކޯޗިން އެޑިއުކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ އޭ.އެފް.ސީ އިންސްޓްރަކްޓަ އަހުމަދު ޝަރީފް (ޑުންގާ) އެވެ. މީގެ އިތުރުން ނިމިގެންދިޔަ އެފް.އޭ.އެމް ގެ އިންސްޓްރަކްޓަރ ކޯސް ފުރިހަމަ ކުރި މުޙައްމަދު އާދަމް ވެސް ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
މި ކޯހުގައި ވަނީ ޕްރެކްޓިކަލް ބައިގެ އިތުރުން ތިއަރީ ބަޔާއި ފުޓްބޯޅައިގެ ބޭސިކް ސްކިލްތަކާއި ކުޅުންތެރިންނާއި ދަނޑުމަތީގައި ވާހަކަ ދައްކަންޖެހޭ ގޮތްތައް ވެސް ކިޔަވައިދެއްވާފައިވެ އވެ.