މޫސުން ގޯސްވެ ބ. އަތޮޅުގެ ދަތުރުފަތުރަށް ބުރޫ އަރައިފި

DSCN3061.jpg

13ޑިސެމްބަރ 2016؛ އޭދަފުށީ ފަޅަށް .ލާންޗެއް ވަންނަން އަންނަނީ

ބ.އަތޮޅުގެ މޫސުން ގޯސްވެ ވައިބާރުވުމާއެކު ، ކަނޑު ދަތުރުފަތުރަށް ބުރޫއަރައި، މުޅި އަތޮޅުގެ އާއްމު ދަތުރުފަތުރު ހުއްޓުމަކަށް އަތުވެއްޖެއެވެ.

އަތޮޅުފެރީ އޮޕަރޭތްކުރަމުން އަންނަ އެމްޓީސީސީ އިން ބުނީ ބ.އަތޮޅުގެ މޫސުން ލަފާކޮށްފައިވާ ގޮތުން އަތޮޅުފެރީ ދަތުރުތައް މިަދު މެދު ކަނޑާލާފައިވާ ކަމަށާއި މޫސުން ރަނގަޅު ނޫންނަމަ މާދަމާވެސް ދަތުރުނުކުރާނެ ކަމަށެވެ.

އަތޮޅުތެރޭގެ ލާންޗްދަތުރުފަތުރުކުރާ ފަރާތްތަކުން ބުނަނީ މިއަދުގެ މޫސުން ދައްކާގޮތުން އެމަރޖެންސީ ހާލަތްތަކުގައި ކުރާ ދަތުރުތައް ނޫނީ ނުކުރާ ކަމަށާ ، ލޯންޗްފަހަރު ދުއްވން ދަތުވާ ވަރަށް ރާޅު ބޮޑުކަމަށެވެ.

މޫސުން ގޯސްވުމާއި ގުޅިގެން އޭދަފުށިން މާލެއަށް ދަތުރުކުރާ ފެރީ ލާންޗްފަހަރުގެ ދަތުރުތަކަށްވެސް އަސަރުކުރާނެކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

އޭދަފުށްޓާ މާލެއާ ދެމެދު ފުޅާ ދާއިރާއެއްގައި ލާންޗްގެ ޚިދުމަތްދެމުން އަންނަ ސޭލަމް ސްޕީޑުން ބުނީ ބުރާސްފަތި ދުވަހުގެ ފެރީ އަދި ފުލްނުވާކަމަށާއި ބުކިންގްސް ވެސް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އެޓޮލް ކިއުޓްލޯންޗް ސަރވިސް އިން ވެސް ބުނީ އަދި ޖާގަތައް އަދި މުޅިން ފުލް ނުވާކަމުގައެވެ.

މޫސުމީ އާޖުފާޖުވެރިން ބުނަނީ މިއީ އިރުވައި މޫސުމުގެ ހަޅައިގެ އަސަރުތައް ކަމަށާ ،ހަލައިގެ ދިގުމިން ހަފްތާއަކަށް ދެމިގެން ހިނގައިދާނެކަމުގައެވެ.

ރާއްޖޭގެ މޫސުމީ އިދާރާއިން ލަފާކުރާ ގޮތުގައި މާދަމާވެސް ބ.އަތޮޅުގެ ސަރަހައްދަށް ވައިބާރުވެ ،ކަނޑުގަދަވުން އެކަށީގެންވެއެވެ. އެއާއެކު ކެރީގެ އަސަރުވެސް ފޯރާނެއެވެ.

އޭގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރޭގެެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top