އައްޝައިޚް އަހްމަދު ސަމީރުގެ ވަރަށް ހާއްސަ ދަރުސެއް މިއަދުގެ އަސުރުނަމާދަށްފަހު އޭދަފުށީ ހުކުރު މިސްކިތުގައި އޮންނާނެކަމަށް މިކަން އިންތިޒާމްކުރާ ޒުވާނުން ބުނެފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު އާޒިމް ބުނީ ސުވާލާއި ޖަވާބަށް ފުރުސަތުދެވޭ މިދަރުސަށް ވީހާވެސް ގިނަބަޔަކު ހުކުރު މިސްކިތަށް އަސުރުނަމާދަށް ދުރުވުމަށް އެދޭކަމަށެވެ.
ޝެއިހް ސަމީރުގެ ދަރުސެއް މިއަދު އޭދަފުށީގައި ބާއްވާއިރު ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން މިދިޔަ ހަފްތާ އަތޮޅުގެ ރަށްރަށުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮޤްރާމެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.