ފަތުރުވެރިންނާއެކު ދަތުރުކުރި ސަފާރީ ޔޮޓެއް ދަރަވަންދޫ ފަރަށް އަރައިފި

large_154269945636JXq9.jpg

ދަރަވަންދޫ ފަރަށް "ބްލޫ ލެގޫން" ސަފާރީ ޔޮޓު އަރާފއި -- ފޮޓޯ/ އެމްއެންޑީއެފް

ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުން އައި ސަފާރީ ޔޮޓެއް ރޭ ދަރަވަންދޫ ފަރަށް އަރައިފިއެވެ.

13 ފަތުރުވެރިންނާއި 14 ފަޅުވެރިން ނާއެކު ދަތުރުކުރި “ބްލޫ ލެގޫން” ނަމަކަށް ކިޔާ ސަފާރީ ޔޮޓު ދަރަވަންދޫ ފަރަށް އެރި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެވަގުތުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރޮންގެ ހާބާ ކްރާފްޓު ލޯންޗު ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށާ ސަފާރީ ފުންކުރުމުގެ މަސައްކަތް، އޭގެ ވެރިފަރާތުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންވެސް އެސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top