ޝައިޚް މަޖީދުގެ ދަރެސް : ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތުގެ ތެރެއިން

1050481821.jpg

(ލުޤްމާނުސޫރަތުގެ 17 ވަނައާޔަތުންފެށިގެން 19ވަނަ އާޔަތުގެ ނިޔަލަށް) މާނަ: “އޭދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާ އަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެކަންވަނީ، ޢަޒުމްކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރާނުލާށެވެ! (އެބަހީ:މޫނު އަނބުރައިނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެން ނުވެއެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ.”

ކޮންމެމީހަކުވެސް އިސްވެދިޔަ އިލާހީ ބަސްފުޅު ކިޔައި އެއާމެދު ވިސްނާ ފިކުރުކޮށް ފުރަތަމަ އަމިއްލަ ނަފްސު ސީދާކުރަމާ ހިނގާށެވެ!  ޣައިރުމުސްލިމުންގެ މަކަރުވެރި ފަލްސަފާތަކުގެ ދަޅައިގައި ނުޖެހި ، މިފަދަ އިލާހީ ބަސްފުޅުތަކުގެ ބޭނުން ހިފައިގެން ދަރިން ތަރުބިޔަތުކުރާ ބަޔަކުކަމުގައި ވެއްޖެނަމަ ކޮންމެ ޢާއިލާއެއްވެސް ވެގެންދާނީ، ވަރަށް ހެޔޮލަފާ ޞާލިޙު މެންބަރުންތަކެއް އުޅޭ ޢާއިލާއެއް ކަމުގައެވެ. އެކަކު އަނެކަކަށް އިތުބާރުކުރާ އަދި އެކަކުއަނެކަކަށް އަޅައިލާ އިޙްސާންތެރި ބައެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންނީ މުޖުތަމަޢު ފަސާދަކުރާ ބަޔަކުކަމުގައި ނުލައްވާށި! އަދި ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައިލައްވާށި! އާމީން. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top