ކަސޯޓީ 2 މިރޭ ދައްކަން ފަށާނެ

kasauti_thumb.jpeg

ކަސޯޓީ 2 ގެ ތިން ކާސްޓުން

ދިވެހި އަންހެނުންގެ މެދުގައި ދެހާހުގެ އަހަރުތަކުގައި މަޝްހޫރު ކަމާއި މަގްބޫލު ކަން ލިބިގެންދިޔަ ޓީވީ ސިލްސިލާ، ކަސޯޓީ ޒިންދަގީކޭ ގެ އާސީޒަން މިރޭ ދައްކަން ފަށާނެއެވެ. ސްޓާރ ޕްލަސް އިން ގެނެސްދޭ މި ސީރީޒް ދައްކަން ހަމަޖެހިފައިވަނީ ރޭގަނޑު 7:30 ގައެވެ.

މި ޑްރާމާގެ ޓްރެއިލާ މިހާރު ވަނީ ނެރެފައިވާ އިރު މިސިރީޒްގައި ކޮމަލިކާގެ ރޯލް ކުޅޭ ބަތަލާއަކީ ކާކުކަން ސީދާ ނޭގުނު ނަމަވެސް ޚަބަރުތައް ބުނާ ގޮތުން އެއީ ސްޓަރޕްލަސް އިން މިހާރުވެސް ދައްކަމުން ގެންދާ ޑްރާމާ ، ޔޭ ރިޝްތާ ކިޔާ ކެހެނާ އިން އަކްޝަރާގެ ރޯލުން ތައާރަފްވެ މަޝްހޫރުވެގެން ދިޔަ ހީނާ ޚާން އެވެ.

ގެވެހި ޓީވީ ޑްރާމާތައް އުފެއްދުމަށް މަޝްހޫރު ޕްރޮޑިއުސަރ އެކްތާ ކަޕޫރުގެ ”ކަސޯޓީ ” މިރޭ ދައްކަން ފަށާއިރު ފުރަތަމަ ތިން އެޕިސޯޑަށް ނެރޭޓަރެއްގެ ގޮތުގައި ބޮލީވުޑްގެ ލޯބީގެ ރަސްގެފާނު ޝާހްރުކް ޚާންގެ އަޑު ވަނީ އަޅާފަ އެވެ.

މި ފަހަރުގެ ސީރިޒްގައި ޕްރޭނާގެ ރޯލުން ފެނިގެން ދާނީ އެރިކާ ފެނާންޑޭޒް އެވެ. އަނޫރާގް ގެ ރޯލުން ފެނިގެންދާނީ ޕާތު ސަމްތާން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top