ފުޅަދޫ ބަނދަރު ހަދަން އެމްޓީސީސީ އަށް

205006_3_6c2f6a8b975565495ba650109b9ceb1ba8b0a0c0_medium.jpg

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތު ގައި ހައުސިންގ މިނިސްޓަރ މުއިއްޒު އާއި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް ކޮންޓްރޯލަރ މުހައްމަދު ހިލްމީ - ފޮޓޯ /ހުސެން ވަހީދު .މިހާރު

ބ.ފުޅަދޫ ބަނދަރު ހެދުމަށް 24 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަާ ހަވާލު ކޮށްފިއެވެ.

މިއަދު ހައުސިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި  އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ އެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒުއެވެ. އެމްޓީސީއާ މި މަސައްކަކަތް ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުންސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވީ ލަފާފުރުމުގެ ދަތިކަން ތަހައްމަލު ކުރަމުން ދާ ރަށްރަށް އަދިވެސް އެބަހުރި ކަމާ އެކަމަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ. އެގޮތުން މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި ބަނދަރު ހަދަމުން އަންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށަކަށްވެސް ލަފާ ފުރުމުގެ ފަސޭހަ ކަން ހޯދައިދިނުން ކަމަށެވެ.

ފުޅަދޫ ބަނދަރު ހަދާނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެންނެވެ. އެކަމަކު އޭގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ސީއެސްއާރުގެ ޕްރޮޖެކްޓެއް ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރީގައި ވެސް ކުރިއެރުން ތަކެއް ހޯދަމުން އަންނަ ފުޅަދޫ ބަނދަރު ހެދުމަށް ހަވާލު ކުރި އެމްޓީސީސީގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީފް ފައިނޭންޝަލް އޮފިސަރު ވިދާޅުވީ މުއްދަތުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

މި ރަަސްމިއްޔާތުަގއި ފުޅަދޫ އަށް ނިސްބަތްވެ ޥަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީވެސް ބައިވެރިވެ ވަޑައިގެންްނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top