ނަތީޖާ ނުނެރެވިގެން 12 ޕެނަލްޓީ ޖަހައިފި

ޓީމް ގުޑުގުޑާއާ، ހުސްސޮނގުން ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. ނަތީޖާ ނެރެން 12 ޕެނަލްޓީ ޖަހަންޖެހުނު / ފޮޓޯ: ސައިނޯސާ ރާއީ

ޓީމް ގުޑުގުޑާއާ، ހުސްސޮނގުން ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. ނަތީޖާ ނެރެން 12 ޕެނަލްޓީ ޖަހަންޖެހުނު / ފޮޓޯ: ސައިނޯސާ ރާއީ

ދަބިގިނާސް އިން މިރޯދަމަހު ރޭގަނޑު ކުރިޔަށްގެންދާ 3 އޮން 3 ފުޓްސަލް މުބާރާތުގައި ރޭ ޓީމް ގުޑުގުޑާއާ، ހުސްސޮގުން ބައްދަލުކުރިމެޗް ރެކޯޑް އަދަދަކަށް ޕެނަލްޓީ ޖަހައިގެން ގުޑުގުޑާ ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މެޗްގައި ޕެނަލްޓީ ޖަހަންޖެހުނީ ގުޑުގުޑާއާ، ހުސްސޮނގުން ބައްދަލުކޮށް ފުރިހަމަ ވަގުތުގައި 1-1ން ދެޓީމް އެއްވަރުވެގެންނެވެ. ފުރަތަމަ ކޮންމެ ޓީމަކުންވެސް ޖެހި ޕެނަލްޓީތަކުން މެޗް ހަމަހަމަވެގެންގޮސް 10 ޕެނަލްޓީ ކޮންމެ ޓީމެއް ޖެހިއިރުވެސް ނަތީޖާ ނުނެރެވިގެން އޮފިޝަލުންނާ، ހިންގާކޮމެޓީން މަޝްވަރާކުރުމަށް މެޗް މެދުކަނޑާވެސް ލިއެވެ. މަޝްވަރާއަށްފަހު އެންމެފަހުން ނިމުނީ ކޮންމެ ޓީމަކުން އިތުރު 3 ޕެނަލްޓީ ޖެހުމަށްފަހު ނަތީޖާ އެއްވަރުވެއްޖެނަމަ ގުރުއަތުލާށެވެ.

އިތުރަށްޖެހި 3 ޕެނަލްޓީން 2 ޕެނަލްޓީ ކާމިޔާބުކޮށް ގުޑުގުޑާ މެޗް ކާމިޔާބުކުރީ 7-6ގެ ނަތީޖާއަކުންނެވެ.

ދަބިގިނާސްއިން ބުނީ މިމުބާރާތުގައި މިހާގިނަ ޕެނަލްޓީޖަހައިގެން ނަތީޖާނެރުނު މިއީ ފުރަތަމަ ފަހަރެވެ. އެނގިފައިވާގޮތުން އޭދަފުށީގައި ބޭއްވި މިފަދަ މުބާރާތެއްގައިވެސް ޕެނަލްޓީޖެހުމުގެ ރެކޯޑް ރޭމިދެޓީމް ކުޅުނު މެޗުން ވަނީ އާކޮށްފައެވެ.

ދަބިގިނާސްއިން ކުރިޔަށްގެންދާ މިއަހަރުގެ 3 އޮން 3 މުބާރާތުގައި 16 ޓީމް ވާދަކުރާއިރު މުބާރާތުގެ ކުޅުން އަންނަ ހަފްތާގެ ހޯމަދުވަހާ ހަމައަށް ކޮންމެ ރެއަކުވެސް އިރުމަތީ ހިއްކި ސަރަހައްދު ދަނޑުގައި ކުރިޔަށްދާނެކަމަށް ބިގިނާސްއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top