ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތާދޫއާއި އޭދަފުށި ރޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އޭދަފުށިންނެވެ. އަލީ މުއާޒުގެ މި ލަނޑާއެކު އޭދަފުށި ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ހިތާދޫ ޓީމުން ލަނޑެއް ޖަހައި މެޗް ހަމަމަކޮށްދިނީ ހިތާދޫ ޓީމްގެ ސާޖިދު ރަޝީދުއެވެ.
ދެވަނަ ހާފް ފެށުމާއެކު ހިތްވަރަށް ބަދަލެއް ނާންނަ ހިތާދޫ ކުޅުންތެރިންގެ މަސައްކަތުން ސާޖިދު ރަޝީދު އަށް ތަނަވަސް ކޮށްދިން ފުރުސަތުގެ ބޭނުންހިފައިގެން އިތުރު ލަނޑެއްޖަހައި މެޗް ގެ ނަތީޖާ ބަދަލު ކޮށްލިއެވެ. މި މެޗްގެ ނަތީޖާ 2-2 އަށް ބަދަލު ކޮށްލަން އޭދަފުއްޓަށް ފުރުސަތު ލިބުނީ ހިތާދޫ ޓީމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ވުމާއެކުގައެވެ.
ބ. އަތޮޅު ގްރޫޕުގައި ރޭ ދެން ކުޅެވުނީ ތުޅާދޫ އާއި ކުޑަރިކިލު ބައްދަލު ކުރި މެޗެވެ. މި މެޗު ތުޅާދޫ ކާމިޔާބު ކޮށްފައިވަނީ 4-3 އިންނެވެ. ވުމާއެކު ތުޅާދޫ އަތުން ދެ ބަލިވެ ކުޑަރިކިލު ވަނީ މުބާރާތުން ކަޓާފަ އެވެ.
މި ގްރޫޕުގައި ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު އޭދަފުއްޓާއި ހިތާދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ހިތާދޫއަށެވެ. ހިތާދޫއަށް ފައިދާ 6 ގޯލު ލިބިފައިވާއިރު އޭދަފުއްޓަށް ލިބިފައިވަނީ ފައިދާ ދެ ގޯލެވެ. ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ތުޅާދޫ އެވެ.
ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. ފަހުމެޗުތަކުގައި އޭދަފުށި ކުޑަރިކިލާއި ދެކޮޅަށް ނުކުންނަ އިރު ހިތާދޫ ނުކުންނާއި ތުޅާދޫއާ ދެކޮޅަށެވެ.