މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރެޖިސްޓްރޭޝަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަންއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 23 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމީހަކު ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
ރީ ރަޖިސްޓްރީ ކުރުމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެ ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާގެ އިތުރުން ރަށް ރަށުގެ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށާ ފޯމްތައް މިތަންތަނުން ބަލައިގަންނާއެވެ.
އިލެކްޝަންސް އިން ބުނެފައިިވަނީ ރީ ރެޖިސްޓްރޭޝަން ފޯމާ އެކު ރީ ރެޖިސްޓްރީ ކުރަން ބޭނުންވާ މީހާގެ ކާކުކަން އެނގޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ނުވަތަ އައިޑީކާޑްގެ ކޮޕީއެްއ ހުށަހަޅަން ޖެހޭނެ ކަމަށާއި އީމެއިލް އަދި ފެކްސް މެދުވެރިކޮށް ފޯމް ބަލައިނުގަނެވޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައެވެ.