ބީކޭ އަންޑަރ21 ފުޓްސަލް ކަޕް2018 ފަށައިފި

ބކ.jpg

ކުޑައީދާ ގުޅިގެން އޭދަފުށީ ބީކޭ ގްރޫޕްގެ ފަރާތުން ބާއްވަމުން އަންނަ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ.

އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ މީރާ އޭދަފުށީ ގޮފީގެ ރީޖަނަލް ޑިރެކްޓަރ އަބްދުލް މަތީން އެވެ.

ޖުމްލަ 6 ޓީމް ބައިވެރިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ރޭ ބައްދަލު ކުރީ ޑައުންޓައުން އެފްސީއާއި ބްލެކް ހޮކްސްއެވެ. މިމެޗް 11-3 ގެ ނަތީޖާ އިން ކާމިޔާބު ކުރީ ޑައުންޓައުން އެފްސީއެވެ. އެޓީމަށް ގޯލް ޖަހައިދިން ކުޅުންތެރިންނަކީ، އަހްމަދު ފާރިޝް 1 ގޯލް، މުހައްމަދު ޖައިލަމް 1 ގޯލް ، މުހައްމަދު އަޝްރަފް 1ގޯލް ، އަހުމަދު ތަސްނީފް މުހައްމަދު 2ގޯލް، ޒައިން ސަމީރު 1 ގޯލް ، މުހައްމަދު ޔަމާން 2 ގޯލް ، އުނޭސް ޒުބޭރު 2 ގޯލް އަދި އިސްމާއީލް ޝަރީފް 1 ގޯލް އެވެ.

ބްލެކް ހޮކްސް އިން ލަނޑު ޖަހައިދިނީ ހުމޭދު އަބްދުﷲ 2 ގޯލް އަދި އަހުމަދު އަހްސަން 1 ގޯލެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވފައިވަނީ ޑައުންޓައުން އެފްސީގެ މުހައްމަދު ޖައިލަމް އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ކިންގްސް ސްޕޯޓްސް އާއި އިރުމަތީ ލަވަރސް އެވެ. މިމެޗު 7- 5 ން ކާމިޔާބު ކުރީ އިރުމަތީ ލަވަރސް އެވެ. އިރުމަތީ ލަވަރސް އަށް ގޯލް ޖަހައިދިނީ އަހުމަދު އައިހަމް 4 ގޯލް، ހިޝާމް ހަސަން 1 ގޯލް އަދި ނިޝާމް މުހައްމަދު 2 ގޯލެވެ. ކިންގް ސޮޕޯޓްސް ކްލަބަށް ލަނޑު ޖަހައިދިނި އަނޫސް މުހައްމަދު 2 ގޯލް، ހުސެން ޒަހްވާން 1 ގޯލް ، އަދި އަހްމަދު ހުނޭފް 2 ގޯލެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވާފައިވަނީ އިރުމަތީ ލަވަރސްގެ ޖާޒީ ނަންބަރު 2 އަހުމަދު އައިހަމް އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބްލެކް ހޮކްސް އާއި ދެކޮޅަށް ނުކުންނާނީ ހުސް ސޮނގުން އެވެ. ދެވަނަ މެޗުގައި ވާދަކުރަނީ އިރުމަތީ ލަވަރސް އާއި ޓީމް17 އެވެ.

އޭދަފުށީގައި ފުޓްސަލް ކުރިއެރުވުމާއި ޒުވާން ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ދިރާގު، ރެޑްވޭވް، ހީނާ އައިޓަމްސް މޮޓޯޓެކް އަދި ފްރެންޑް މީ އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top