ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓް ފޮތް ދިނުމަށްފަހު ޗުއްޓީއަށް ސްކޫލުތައް ބަންދުކޮށްފިއެވެ.
ހަފްތާއެއްގެ ބަންދަށްފަހު ދެވަނަ ސެމިސްޓާގެ ކިޔެވުން ފަށާނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހު 18ވާ ހޯމަ ދުވަހުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އަހަރަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް އަންނާނެ އަހަރެއް ކަމުގައެވެ. ސްކޫލުތައް ޑިޖިޓައިޒްކޮށް، ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ނިންމާފައިވާ އިރު، މިހާރު ވަނީ ބައެއް ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުވެސް ކޮށްފައެވެ.
ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި މި އަހަރު 6000 އެއްހާ ޓީޗަރުން މަސައްކަތް ކުރެ އެވެ.