ދަރަވަންދޫއަށް މިދިޔަ އަހަރު 4100 ފްލައިޓް ޖެއްސި. ރެކޯޑެއް

26828556_10155547617973402_1317649870_o.jpg

ބ. އަތޮޅުގައި އޮތް ޑޮމެސްޓިކް އެއާޕޯޓް ކަމުގައިވާ ދަރަވަންދޫ އެއާޕޯޓަށް މިދިޔަ އަހަރު ހަތަރުހާހަށްވުރެ ގިނަ ޕްލައިޓް އޮޕަރޭޓް ކުރިކަމަށް ދަރަވަންދޫ އެއާޕޯޓުން ބުނެފިއެވެ.

ދަރަވަންދޫ އެއާޕޯޓުން ބުނީ އެއެއާޕޯޓަށް މިދިޔަ އަހަރު އެވްރެޖްކޮށް ދުވާލަކު ތޭރަ ފްލައިޓް ޖައްސާފައިވާ ކަމަށާ، މިއަހަރު އެއަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރަންޖެހޭނެ ކަމަށެވެ. ދަރަވަންދޫ އެއާޕޯޓްގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު އީވީއަށް ވިދާޅުވީ އެއާޕޯޓްގެ އުމުރުން މިވީ ފަސްއަހަރެއްހާ ދުވަހުގެ ތެރޭގައި ހީވެސްނުކުރާވަރުގެ ބޮޑު ކުރިއެރުމެއް އެއެއާޕޯޓްގެ ދަތުރު ފަތުރަށް ލިބެމުން އަންނަކަމަށެވެ.

“އަޅުގަނޑުމެން 2012ގައި ފަށައިގަތީ ހަފްތާއަކު ހަތަރު ފްލައިޓުން. މިއަދު އެބަ އޮޕަރޭޓް ކުރަން އެވްރެޖްކޮށް ދުވާލަކު ބާރަ ނުވަތަ ތޭރަ. މިއަދަދު އަހަރުން އަހަރަށް މިއަންނަނީ ބޮޑުތަނުން އިތުރުވަމުން. 2016ގައި 3870 ފްލައިޓް ،މިދިޔަ އަހަރު އޮޕަރޭޓް ކުރެވުނު ޖުމްލަ 4198 ފްލައިޓް. މިއަހަރު މިދިޔަ އަހަރަށްވުރެ އިތުރުވާނެ. އިތުރުވަމުން އަންނަނީވެސް” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެއާޕޯޓަށް އެއްދުވަހުގެ ތެރޭގައި މިދިޔަ އަހަރު އެންމެ ގިނަ ފްލައިޓް ޖައްސާފައިވާ ދުވަހު 20 ފްލައިޓް ޖައްސާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ދުވަހެއް ދުވަހެއް ބ. އަތޮޅަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ، މިއަހަރު އެވްރެޖްކޮށް ދުވާލަކަށް ސޯޅަ ފްލައިޓް އޮޕަރޭޓް ކުރަންޖެހޭނެކަމަށެވެ.

“އާރިސޯޓްތައް މިއަހަރުވެސް މިއަތޮޅުގައި ހުޅުވަން ތައްޔާރުވަމުން މިދަނީ. އަދި އާ ގެސްޓް ހައުސްތަކެއް އަތޮޅު ތެރޭގައި އޮޕަރޭޓްކުރަން ތައްޔާރުވަމުން މިދަނީ. ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖްކޮށް ސޯޅަ ފްލައިޓް ދުވާލަކު ޖައްސަންޖެހޭނެ”

އޭނާ ވިދާޅުވީ އަހަރުން އަހަރަށް ދަރަވަންދޫ އެއާޕޯޓަށް ޖައްސާ ފްލައިޓްގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެއެއާޕޯޓްގައި ގާއިމް ކޮށްފައިވާ ވަސީލަތްތަކަށް މާބޮޑު އުނދަގުލެއް އަދި ނެތްކަމަށެވެ. ނަމަވެސް ފަހުގެ ޒަމާނީ ހިދްމަތްތައް ތައާރަފް ކުރުމަށް އައިލެންޑް އޭވިއޭޝަންއާ މަޝްވަރާ ކުރަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top