ފަހަތުން އަރައި 3-1 އިން ދަރަވަންދޫ ބަލިކޮށް އޭދަފުށީ ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީފައިނަލަށް ހިނގައްޖެއެވެ.
މިއަދު ހަވީރު ދޮންފަނު ފުޓްބޯލަ ދަނޑުގައި ކުޅުނު މި މެޗްގގައި ފަސް މިނިތްވެސް ނުވެ އުޅެނިކޮށް ދަރަވަންދޫ ޓީމްގެ ސާމިހު އަލީ ޝަރީފު ވަނީ ލަނދެއް ޖަހައި އެޓީމަށް ލީޑް ނަގައިދީފައެވެ.
މި ލަނޑާއެކު އޭދަފުށި ޓީމުގެ ކުޅުން ރަގަޅުކޮށް މެޗް އެއްވަރުކުރުމުގެ ފުރުސަތު ހޯދީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މިމްރާހް އަބްދުލްއަޒީޒް ޖެހި ލަނޑާއެކުގައެވެ. އޭރިޔާ ބޭރުން މިމްރާހަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލީ ކީޕަރު ބޯމަތިންނެވެ.
ދެވަނަ ހާފުގައިވެސް އޭދަފުށިން ވަނީ ދަރަވަންދޫގެ ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭދަފުށިން ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޢަލީ ނަސީމެވެ. މެޗުގެ ތިންވަނަ ލަނޑު އޭގެ ހަތަރު މިނެޓުފަހުން ޖެހީ ސާހީ މޫސާ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީވެސް ޝަހީ އެވެ.
މި މުބާރާތުގެ މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގޮއިދުއާއި ކިހާދޫ އެވެ. ގޮއިދޫ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 އިން ފޮންފަނު ބަލިކޮށްފައެވެ. ކިހާދޫ އެންމެ ފަހުން ކުޅުނު މެޗުން އޭދަފުށި އަތުން ބަލިވީ 2-1 އިންނެވެ.