ދޮންފަނު އިންވިޓޭޝަން ކަޕްގައި އިއްޔެ ކުޅެވުނު ދޮންފަނާއި ގޮއިދޫގެ މެޗް 1-0 އިން ގޮއިދޫ ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ގޮއިދޫ ހިނގައްޖެއެވެ.
މި މެޗުން މޮޅުވުމާއެކު ގޮއިދުއަށް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގޮއިދޫ އާއި ދަރަވަންދޫ ބައްދަލުކުރި މެޗުން ގޮއިދޫއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. އިއްޔެގެ މެޗުން ދޮންފަނު ބަލިވުމުން އެޓީމަށް ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ގޮއިދޫ ޓީމެވެ. ނަތީޖާއެއްގެ ގޮތުން 36 ވަނަ މިނިޓުގައި ގޮއިދޫގެ ކެޕްޓނަް ޝަމްއޫނު ، ލަނޑެއްޖަހައި ޓީމަށް ލީޑް ހޯދައިދިނެވެ. ދެވަނަ ހާފްގައި ދޮންފަނުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.
މި މެޗްގެ މޭން އޮފް ދަ މެޗްގެ މަގާމަށް ހޮވުނީ މެޗްގައި ލަނޑުޖެހި ގޮއިދޫ ޓީމްގެ ކެޕްޓަން ޝަމްއޫން ޖަލީލް އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދަރަވަންދޫ އެވެ. އޭދަފުށި ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ކިހާދޫ ބަލިކޮށްފައެވެ. ދަރަވަންދޫ ކުޅުނު ފުރަތަމަ މެޗުގައި ގޮއިދުއާއި ދެކޮޅަށް ވަނީ 1-1 އިން އެއްވަރު ކޮށްފައެވެ.