އަނުޝްކާއާއި ވިރާޓްގެ ކައިވެނި ޑިސެމްބަރ 15ގައި

fd5fc8896bb2a1d2fde2436de943d0fbc57f4229-tc-img-preview.jpg

ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ 29އ. އާއި އިންޑިއަން ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެނި މި މަހުގެ 12ގައި ކުރަން ހަމަޖެހިފައި އޮތްނަމަވެސް  އެކައިވެނި އޮތީ މި މަހުގެ 15ގައި ކަމަށް ފިލްމީ ޚަބަރު ތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފިއެވެ.

އިޓަލީގެ މިލާން ގައި ކުރަން ހަމަޖެހިފައިވާ މި ކައިވެނީގެ ރަސްމިއްތާތަށް ދެފަރާތުގެ އާއިލާގެ އިތުރުން އަނުޝްކާގެ ފެމިލީއާއި ވިރާތްގެ ގާތް މީހުން ކޮޅެއްވެސް ދުވަސް ކޮޅެއް ކުރިން ވަނީ އިޓަލީއަށް ގޮހެވެ. އެންމެ ފަހުން އިއްޔެ ވިރާޓްއާއި އަނުޝްކާވެސް ވަނީ އިޓަލީއަށް ގޮސްފައެވެ.

އެހެން ނަމަވެސް ވިރާޓު އާއި އަނުޝްކާގެ ތަރުޖަމާނު މި ވާހަކަ ދޮގުކުރެއެވެ.

ރިޕޯތް ތައް ބުނާ ގޮތުގައި ވުރާޓުއާއި އަނުޝްކާގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާއިރު މިމަހު ސްރީލަންކާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ޓެސްޓް ސީރީސްގައިވެސް ބައިވެރި ނުވެ އޭނާ ވަނީ އަމިއްލަ ބޭނުމަކު ކަމަށް ބުނެ ޗުއްޓީ ނަގާފައެވެ.

ފިލްމް ރަބްނޭ ބަނާދޭ ޖޯޅީއިން 2008ވަނަ އަހަރު ޝާހްރުކްޚާން އާއެކު ފިލްމީ ދުނިޔައަށް ތައާރަފްވި އަނުޝްކާ ޝަރްމާ އަކީ މި ވަގުތު ބޮލީވުޑްގައިހުރި އެންމެ ޑިމާންޑް ބޮޑު ތަރިއެވެ.

މި ދެމީހުން ކައިވެންޏާ ހަމައަށް ގޮސްފައި މިވަނީ 4 އަހަރު ރައްޓެހިވެގެން އުޅުމަށް ފަހުއެވެ،.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top