މިއަދާއި މާދަމާ ވިއްސާރަ ކުރާނެ : މެޓްއޮފީސް

DSCN7580.jpg

ބ.އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މިއަދު ނެރެފައިވާ މޫސުމާ ބެހޭ ރިޕޯޓުގައި ބުނެފައިވަނީ ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ އެކި ހިސާބުތަކަށް މިއަދު މެންދުރު 12:15 އިން ފެށިގެން 17:00 އާ ދެމެދު ވަރަށް ގަދައަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރާކަަމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ޢާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށާއި އެހެން އަތޮޅުތަކަށް ވިއްސާރަ އާއެކު ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުން ގޯސް ވުމާއެކު ބ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށްމެޓް އޮފީހުން މިއަދު ވަނީ “ވައިޓް އެލާޓް” ނެރެފައެވެ. ވައިޓް އެލާޓް އާންމުކޮށް ނެރެނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ 50 މިލިމީޓަރަށް ވުރެ ގިނައިން ވިއްސާރަވެހޭނެ ކަމަށް ލަފާ ކުރާ ނަމަ އެވެ. ޔެލޯ އެލާޓް އާންމުކޮށް ނެރެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލާޓް ނެރޭ ސަރަހައްދުގެ މީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނަ ނަަމަ އެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމުގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top