ތުޅާދޫ ނެރަށް ބީހުނު ބާޖު ފުންކޮށްފި

162250_3_730f2e9831d80065937a3dd1b812853aaf5f3ceb_medium.jpg

ތުޅާދޫ ނެރުމައްޗަށް ބީހުނު ހިލަބާޖު. / ފޮޓޯ: މިހާރު

މިދިޔަ އާދީއްތަ ދުވަހު ތުޅާދޫ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ ހިފައިގެން އެރަށަށް ވަންނަން އުޅެނިކޮށް ނެރުމައްޗަށް ބީހުނު ބާޖު ރޭ ފުން ކޮށްފިއެވެ. 
ބާޖު ފުން ކޮށްފައިވަނީ އެރަށު ކައުންސިލާ އެމްޓީސީސީގެ މުވައްޒަފުން ގުޅިގެން ރޭ 12:00 ހާއިރު ކަމަށް ތުޅާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
ބާޖު ނެރުމައްޗަށް އެރުމުގެ ސަބަބުން އެރަށުގެ ބަނދަރުގައި އޮތް ބައެއް އުޅަނދު ފަހަރަށް ނުފުރި، އޮޑިވެރިންނަށްވެސް ގިނަ ދަތިތަކާ ދިމާވަމުން އައި ކަމަށް ކައުންސިލުން ބުނެއެވެ.
ތުޅާދޫ ބޭރު ތޮށިލުމުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރުވަނީ ނިމިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top