ހަރުކަށި މަންމައިން ތަރުބިއްޔަތުކުރާ ދަރިން މާރަނގަޅު : ދިރާސާ

strict-mothers.jpg

 

ތިބާ ބޮޑުވަމުން އައިއިރު މަންމަ ވަރަށް ހަރުކަށި ހެއްޔެވެ؟  ކޮޓަރިތެރެ ސާފުކުރުމާއި ހޯމްވާކް ހެދުން ފަދަ ކަންތައްތައް ކުރުމަށް ކޮންމެ ދުވަހަކުވެސް އަމުރު ކުރޭ ހެއްޔެވެ؟

އަހަރެމެންގެ ތެރޭގައި ބޮޑެތިވަމުން އަންނަ ކުދިން ލައްވާ ހަރުކަށި “އޯޑަރ” އަށް ކަންތައްތައް ކުރުވާނަމަ އެ ކުދިން އެކުދިންގެ ދިރިއުޅުން ސިފަކުރާނީ ނަރަކައެއްގެ ގޮތުގައެވެ.

އެކަމަކު ދިރާސާއިން ދައްކަނީ ކަންތައްތައް ވަކި ގޮތަކަށް ބެހެއްޓުމަށް ބާރު އެޅުމާއި ކަންތައްތައް ކުރަން މަޖްބޫރު ކުރުވާ މައިންގެ ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަށް ފެއްޓުމުން އެކުދިންގެ ދިރިއުޅުން ހުރިހާ ރޮނގެއްގައިވެސް މާ ބޮޑަށް ކާމިޔާބުކަމުގައެވެ.  އަދި އެގޮތުގައި ތަރުބިއްޔަތު ކޮށްދިނީތީވެ މަންމައިންނަށް ޝުކުރުވެރިވެއެވެ.

ޔުނިވަރސިޓީ އޮފް އެސެކްސްގެ ޕްރޮފެސަރ ، އެރިކާ ރެސްކަން ގެ ދިރާސާއަކުން ދައްކާ ގޮތުގައި ހަރުކަށި މަންމައިންގެ ދަރިން މައިންބަފައިންނާ އަޅާލުން އެހެން ކުދިންނަށް ވުރެ ރަގަޅުވެފައި އެކުދިން އަމިއްލަ ދިރިއުޅުންވެސް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާކުރުމުގައި ޕްރޮފެސަރ ވަނީ 13 އަހަރާއި 14 އަހަރުގެ 15000 ކުދިން ބައިވެރިކޮށްގެން 2004 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް މަސައްކަތްކޮށްފައެވެ. ދިރާސާގައި ހާއްސަގޮތެއްގައި ބަލާލެވިފައިވަނީ މައިންބަފައިން، ހާއްސަކޮށް މަންމަ އޭނާގެ ދަރިން ތަރުބިއްޔަތުކޮށް ތައުލީމު ދިނުމަށް ކުރާ މަސައްކަތުގެ މިންވަރާއި އެކުދިންނަށް މިކަން ހާސިލްވާ މިންވަރެވެ. މީގެ ތެރޭގައި ހާއްސަގޮތެއްގައި މަތީ ތައުލީމުގެ ފުރުސަތު ލިބޭ ކުދިންގެ މަންމަ އިންނަކީ ހަރުކަށި މަންމައިން ކަމުގައި ވެއެވެ. އަދި މިފަދަ މައިންގެ ދަރިން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމާއި، ކަންކަމުގައި ހާސްވުން ކުޑަކަމާއި އެކުދިންނަކީ ހުރިހާ ގޮތަކުން ރައްކާތެރި ބައެއް ކަމުގައި ގަބޫލު ކުރާ މިންވަރު އިތުރެވެއެވެ.

މީގެ އިތުރުން މިފަދަ މައިންގެ ދަރިން ޅައުމުރުގައި ބަލިވެ އިނުމުގެފުރުސަތު  %4 ދަށްކަމަށްވެސް ކަމށާއި މިފަދަ މައިންގެ ދަރިން އަވަހަށް ކިޔެވުން ނިންމުމަށްފަހު ރަގަޅު ވަޒީފާތައް ލިބުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދިރާސާއިން ދައްކައެވެ.

ގިނަ ކުދިން ބޮޑެތިވަމުން އަންނަ އިރު މިފަދަ މަންމައިން ދެކެ ހިތްހަމަ ނުޖެހި މަންމައަކީ އެންމެ ބޮޑު ދުޝްމަން ކަމަށް ދެކޭތަން އައި ނަމަވެސް  އެކުދިން ބޮޑެތި ވެ މި ގޮތަށް ތަރުބިއްޔަތު ދިނުމުން މިފަދަ މައިންނަށް ޝުކުރުކޮށް އެ މަންމައިން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top