އަހަރު ނިމޭއިރު އޭދަފުށީގެ މަގުތައްވެސް ހުންނާނީ ނިމިފައި؛ އެމްއާރްޑީސީ

IMG_20170718_165917-800x450-800x450.jpg

އޭދަފުށީގެ މަގެއްގައި ގާ އަތުރަނީ

އެމްއާރްޑީސީ އިން އޭދަފުށީގައި ކުރިއަށް ގެންދާ މަގުހެދުމުގެ ޕްރޮގްރާމްގެ ދަށުން ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަން ހަމަޖެހިފައިވާ 15 މަގުގެ މަސައްކަތް އަހަރު ނިމޭއިރު ހުންނާނީ ނިމިފައިކަމަށް އެމްއާރްޑީސީއިން ބުނެފިއެވެ.

އެމްއާރްޑީސީގެ ހެޑްއޮފީހުގައި މިއަދު އޮތް ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، އެ ކޯޕަރޭޝަނުން އެންމެ އިސް ކަމެއް ދޭ މަސައްކަތަކީ މަގުތައް ހެދުމުގެ މަސައްކަތް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އޭދަފުށީގައި ހަދާ 15 މަގާއެކު އެކޯޕަރޭޝަނުން މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ 14 ރަށުގެ ތެރެއިން ދެރަށް ފިޔަވައި ހުރިހާ ރަށެއްގެ މަސައްކަތް ނިންމާނެކަމުގައެވެ.  އެގޮތުން ގދ. ތިނަދޫ އާއި ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުށި އަދި ސ. ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ހއ. ދިއްދޫގެ 15 މަގަކާއި ހދ. ކުޅުދުއްްފުށީގެ 18 މަގަކާއި ހދ. ހަނިމާދޫގެ 21 މަގަކާއި ލ. ފޮނަދޫގެ ނުވަ މަގެއްގެ މަސައްކަތް ހަލުވިކަމާއެކު ކުރެވެމުން އެބަދާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އދ. މަހިބަދޫ 19 މަގަކާއި ރ. މީދޫ އަށް މަގަކާއި ރ. އުނގޫފަހަރު 14 މަގެއްގެ މަސައްކަތް ވެސް އެބަދޭ، ހަމަ މިއާއެކު ފުވައްމުލަކު މަގުގެ 10 ޕަސެންޓް ވަނީ ނިމިފައި، އެކަމަށް ބޭނުންވާ ތަކެތި މިއަދު ވަނީ ފުވައްމުލަކަށް ފޮނުވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށިގެ 15 މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16 ޖޫން 2015ގައެވެ. 33 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top