ސޮނޭވާފުށި ބަލިކޮށް އަނަންތަރާ ކިހާވަށް ވިލާސް ، އިންޓަރ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން މިއަދު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު މެންދުރު ކުޅުނު ފައިނަލު މެޗު އަނަންތަރާ ކާމިޔާބު ކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-15، 25-20، 23-25 އަދި 25-17 އިންނެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަނަންތަރާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މި ދެ ޓީމު ވަނީ ޒޯން ފަހެއްގެ ފައިނަލުގައި ވެސް ބައްދަލުކޮށްފައެވެ. މައްސަލަ ބޮޑުވި އެމެޗަށްފަހު މިއަދު ފައިނަލުގައި މޮޅުވި މޮޅުވުމަކީ ބަދަލު ހިފުމެއްކަމަށް އަނަންތަރާއިން ދެކެއެވެ.