ކޮލޮސްޓްރޯލް މައްޗަށް ދިއުމަކީ ނުރައްކާތެރި އެތައް ބައްޔެއް ފެށުމުގެ އެލާމް އެޅުން ކަމުގައިހީކުރައްވާށެވެ. ޚާއްސަކޮށް ހިތުގެ ބަލިތަކެވެ. ވިމާ ކޮލޮސްޓްރޯލް ލެވެލް އެ ހުންނަން ޖެހޭ މިންގަނޑަށްވުރެ މައްޗަށް ދާކަމަށް ވަނީނަމަ ނަމަ ދަށް ކުރަން މަސައްކަތް ކުރުމަކީ އެލާމްއެޅުން ހުއްޓުވުމަށްޓަކާ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
މިދަންނަވަނީ ކޮލޮސްޓްރޯލް ދަށް ކުރުމަށް ބޭނުންކުރެވިދާނެ އެންމެ މޮޅު ކާނާގެ ގޮތުގައި ފާހަގަ ކުރެވޭ ތަކެއްޗެވެ.
އޯޓްސް
އޯތްސް އަކީ ކޮލޮސްޓްރޯލް ލެވެލް ދަށް ކޮށްދިނުމުގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމު އެއްހަމައެއްގައި ހިފަހައްޓައިދޭ ފައިބަރ ގިނަ ކާނާ އެކެވެ. ފައިބަރ އެކުލެވޭ ކާނާ އަކީ ޚާއްސަ ކޮށް ދުވަސް ވަމުންދާ ވަރަކަށް ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވީމާ ކޮންމެ ދުވަހެއްގެ ކާނާ ގައިވެސް އޯޓްސް ހިމަނުއްވާށެވެ.
މަސް
މަހަކީ ކޮލޮސްޓްރޯލް ދަށް ކުރުމަށް އެއާ ވާދަ ނުކުރެވޭނެ ދެވަނައެއް ނެތް އެންމެ މޮޅު ކާނާގެ ގޮތުގައި ހިމެނޭ ބާވަތެކެވެ. މަހުގައި ހުންނަ އޮމެގާ 3 އަކީ މުޅިހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް ބޭނުން ބޮޑު އެއްޗެކެވެ. އޮމެގާ 3 އަކީ އެޗް.ޑީ.އެލް ނުވަތަ ރަނގަޅު ކޮލޮސްޓްރޯލް މަތި ކުރުމުގެ އިތުރުން އެލް.ޑީ.އެލް ނުވަތަ ނުބައި ކޮލޮސްޓްރޯލް ދަށް ކުރުމަށް އެންމެ ރަނގަޅު އެކައްޗެވެ. އެންމެ ފައިދާހުރި މަހުގެ ތެރޭގައި މެކަރޯލް، ސަލްމަން، އަލްބަކޯ، ކަންނެލި ، ސާޑިން، ކޯރުމަސް ހިމެނެއެވެ.
ނަޓް
ބައެއް ވައްތަރުގެ ނަޓްސް އިން ކޮލޮސްޓްރޯލް ދަށް ކުރަނީ ފެޓްގެ ތެރޭގައި ހުންނަ ދެބާވަތުގެ ތެރެއިން ރަނގަޅު ވައްތަރުގެ ފެޓް އެކުލެވިގެން ވާތީއެވެ. ވޯލްނަޓް، އާމަންޑްފަދަ ނަޓް ހިމެނެނީ އެންމެ ރަނގަޅު ނަޓްގެ ގޮތުގައެވެ. އެކަމަކު ސަމާލުކަން ދޭން ޖެހޭ ކަމަކީ މީގައި ލޮނު އެކުލެވިގެން ނުވުމެވެ. ބާޒާރުގައި ވިއްކަން ހުންނަ ނަޓް ޕަކެޓްގައި އާއްމު ކޮށް ލޮނު އެކުލެވިގެން ވެއެވެ.އެންމެ ރަނގަޅު ގޮތަކީ ގޭގައި އަމިއްލަ އަށް ތައްޔާރު ކޮށްލައިގެން ނުވަތަ އެއްވެސް އެއްޗަކާ އެއްނުކޮށް ހުންނަ ނަޓް ކެއުމެވެ.
ބީންސް(ތޮޅި )
ބީންސަކީ ހިތުގެ ބަލި މީހުންނަށާ ހިތަށް ފަރުވާ ހޯދުމަށާ ކޮލޮސްޓްރޯލް ދަށް ކުރުމަށް ވަރަށް މޮޅު އެއްޗެކެވެ. ބީންސަކީ ފައިބަރުން މުއްސަދި ވެފައިވާ އޭގައި ޕްރޮޓީން ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާ އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މަދުވެގެން ބައި ޖޯޑު ހުންނަ ވަރުގެ ބީންސް ދުވާލަކު ކެއުމުގާ ބޭނުން ކުރާނަމަ ކޮލޮސްޓްރޯލް ދަށް ވުމަށް އެހީވެދިނުމުގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓިން އާއި ފައިބަރވެސްލިބޭނެ އެވެ. ބްލެކް ބީންސް އާއި ކިޑްނީ ބީންސަކީ އެންމެ ޓޮޕް ލެވެލް ގައި ހިމެނޭ ދެ ވައްތަރެވެ.
ލޮނުމެދު
ލޮނުމެދަކީ އޭގައި އަޖައިބެއްކަހަލަ ގިނަ ފައިދާ އެކުލެވިގެންވާ އެއްޗެކެވެ.ކޮލޮސްޓްރޯލް ދަށް ކުރުމުގެ އިތުރުން އާޓެރީ ސާފު ކޮށްދިނުމުގައިވެސް ލޮނުމެދު އެހީވެދެއެވެ. ދުވާލަކު ހަތަރުލޮނުމެދު ވަރުވެސް ރަގަޅު ވާނެއެވެ. ލޮނުމެދަކީ އެތައް ބައްޔަކަށްވަރަށްރަގަނޅު ޝިފާއެކެވެ.
މޭވާ
ފައިބަރުން މުއްސަނދި ވެފައިވާ ތާޒާ މޭވާ ބޭނުން ކުރާށެވެ. އާފަލު، ޕެއަރ، މޭބިސްކަދުރު، ސްޓްރޯބެރީ އާއި ހުތް މޭވާ އާއި ގްރޭޕް ފުރުޓް ގައި ގިނައަދަދަކަށް ސޮލަބްލް ފައިބަރ އެކުލެވިގެން ވެއެވެ. މި ބާވަތުގެ ކާނާ އަކީ ކެއުމުގާ ލިމިޓެއް ނުވަތަ ވަކި މިންވަރެއް އޮތް ކަމެއްނޫނެވެ.
ޒައިތޫނި ތެޔޮ
ބޭނުން ކުރަންވާނީ އެއްޗެތި ތެލުލަން ނޫން ގޮތެއްގައެވެ.