ޑރ ޒިޔާދުގެ ނަސޭހަތް؛ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތައް

Umrah.jpg

عَنْ أَبِيْ هُرَيْرةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ( إِنَّ اللهَ تَعَالَى طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وإِنَّ اللهَ تَعَالَى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﮡ  ﮢ ﮣ     ﮤ ﮥ ﮦ ﮧ   (المؤمنون: ٥١)، وَقَالَ تَعَالَى: ﭽ  ﭾ ﭿ  ﮀ ﮁ ﮂ  ﮃ ﮄ . (البقرة: ١٧٢)ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ، يَمُدُّ يَدَيْهِ إِلَى السَّمَاءِ يَارَبِّ.. يارَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامِ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامَ، فَأَنَّى يُسْتَجَابُ لَهُ؟) رواه مسلمٌ.

މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން މާތް ރަސްކަލާނގެއީ ހުސްޠާހިރުވަންތަ ރަސްކަލާގެއެވެ. ޠާހިރުތަކެތި ނޫނީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ. އަދި މުއުމިނުންނަށް އެކަލާނގެ އަމުރުކުރައްވާފައިވަނީ، ރަސޫލުބޭކަލުންނަށް ވެސް އެކަލާނގެ އަމުރުކުރެއްވި ކަންތަކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ”އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙް ޢަމަލުކުރައްވާށެވެ!”  އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅުތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!”

ދެން، (ޙައްޖަށާއި ޢުމްރާއަށް ފަދަ) ދިގު ދަތުރުކުރަމުން ގޮސް ހިރަފުސް އަރައި ބޯ ހޭވިފައިވާ މީހެއްގެ ވާހަކަ ޙަދީޘްކުރެއްވިއެވެ. އޭނާ އުޑާ ދިމާއަށް އަތް އުފުލައި، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއޭ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއޭ! ކިޔައި ދުޢާކުރެއެވެ. އޭނާ ކައިގެން ހުރިތަކެތި ޙަރާމް ތަކެތި ކަމުގައި ވާޙާލުގައި، އަދި އޭނާ ބޯތަކެތި ޙަރާމްތަކެތި ކަމުގައިވާޙާލގައި، އޭނާ އަނދެގެން ހުރީ ތަކެތި ޙަރާމްތަކެތި ކަމުގައިވާ ޙާލުގައި، އަދި އޭނާގެ ބަނޑުފުރާނަ މުއްތިކޮށްފައި ވަނީ ޙަރާމްތަކެތިން ކަމުގައިވާ ޙާލުގައި، އޭނާގެ ދުޢާ އިޖާބަކުރައްވަނީ ކޮންފަދައަކުން ހެއްޔެވެ؟”

ޙަދީޘް ލިބިގަންނަވި ފިލާވަޅު

  • ދުޢާ އިޖާބަ ކުރެއްވުމުގައި ސަބަބު ތަކެއްވާކަން ޤަބޫލް ކުރަންޖެހޭ
  • ޠާހިރުތަކެތި ނޫނީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވާނެކަން
  • ރަސޫލުބޭކަލުންނަށާ މުސްލިމުންނަށް އަމުރުކުރެއްވީ ހަލާލު ދިރިއުޅުމެއް އުޅުމަށް
  • ދިރިއުޅުމުގައި ހުރިހާކަމެއްގައިވެސް ޙަލާލު ގޮތްތަށް އިޚްތިޔާރު ކުރުން
  • ޙަރާމް ތަކެތިން ދުރުހެލިވުން
  • ޙަރާމް ތަކެތިން ދިރިއުޅުން ބައްޓަން ކުރާނަމަ ދުޢާ އިޖާބަ ނުކުރައްވާނެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top