އެކްޓަރ، އިންދަރުކުމާރު މަރުވެއްޖެ

inder-kumar-instagram_640x480_81501230684.jpg

ބޮލީވުޑްގެ އެކްޓަަރ އިންދަރުކުމާރު ރޭ މަރުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ އިންދަރުކުމާރު މަރުވެފައިވަނީ ހާޓްއެޓެކެއް ޖެހިގެން ރޭގެ ދަންވަރުދެއް ޖެހިއިރު އަނދޭރީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.

އިންދަރުގެ ފިލްމީ ކެރިއަރ ފަށާފައިވަނީ ޓީވީ ޝޯތަކުން ނެވެ. އެކަމަކު އެރޮނގުން އޭނާއަށް ކުރިއެރުމެއް ނުލިބުމުން ބޮލީވުޑަށް ނުކުތުމާއެކު އޭނާ ވެފައިވަނީ ކާމިޔާބު އެކްޓަރަކަށެވެ. ސަލްމާން ޚާންއާއެކު ގިނަ ފިލްމްތަކެއްގައި މޮޅު ބައެއް އަދާކުރުމުގެ އިތުރުން ‘ކަހިން ޕިރާޔުހޯ ނަޖާއޭ ‘ އާއި ‘ކިލާޅިއޯންކާ ކިލާޅީ’ ފަދަ ފިލްމްތަކުގައި އިންދަރު ވަނީ އޭނާގެ ކުޅަދާނަކަން ދައްކާލާފައެވެ

އޭނާގެ ދިރިއުޅުމުގެ ކުރު ހަޔާތުގައި 20 ފިލްމް ކުޅެފައިވާއިރު އެންމެ ފަހުގެ ފިލްމަކީ ‘ ޕަތީ ޕަޑީ ހޭ ޔާރު ‘ ކިއެވެ.

އިންދަރު މިދުނިޔެ ދޫކޮށް ދިޔައިރު އަނތްބަކާއި އަންހެންދަރިއަކު ދުނިޔޭގައި އެބައިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top