އެއްވެސް މެޗަކުން ބަލިނުވެ، ގޮއިދޫ އަންހެން އަދި ފިރިހެން ޓީމްވެސް ފައިނަލަށް

image-0-02-06-fbb93b0f2ff8cf5177b7629644055fe3712bd2f2dddb96d4b1869a6bfd927c8c-V.jpg

ގޮއިދޫ ސްކޫލް ފިރިހެން ވޮލީ ޓީމް މިއަހަރުގެ މުބާރާތުގެ މެޗެއްގައި ކުޅެނީ. ފިރިހެން އަދި އަންހެން ޓީމްވެސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި / އީވީ ފޮޓޯ ޝާމް

ލިޔުނީ: އަހްމަދު ޝާމް

މިހާރު މާލޭގައި ކުރިޔަށްދާ މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ބ. ގޮއިދޫ ސްކޫލްގެ ދެޖިންސުން ވާދަކުރި 2 ޓީމްވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދަތުރުކޮށްފިއެވެ.

ފިރިހެން ޓީމް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ބޮޑުތަފާތަކުން ކާމިޔާބު ކުރުމަށްފަހު މިއަދު ހަވީރު ސެމީ ފައިނަލްގައި މުހިއްބުންދީން ސްކޫލްވެސް ބޮޑުތަފާތަކުން ބަލިކޮށްގެންނެވެ. ފައިނަލްގައި ފިރިހެން ޓީމް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެންޕިއަން މާފުށީ ސްކޫލްއާއެވެ.

އަންހެން ޓީމް ފައިނަލަށް ދަތުރުކުރީވެސް ރެކޯޑަކާއެކު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީގައި އިމާދުއްދީން ސްކޫލްގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދައިގެންނެވެ. އަންހެން ގްރޫޕްގެ ފައިނަލްގައި ގޮއިދޫ ވާދަކުރާނީ އަހްމަދިއްޔާ ސްކޫލާއެވެ. ގޮއިދޫ އަންހެން ޓީމް މިދިޔައަހަރު ވަނީ މިގްރޫޕުން ޗެންޕިއަންކަން ހޯދާފައެވެ.

ގޮއިދޫ ސްކޫލް އަންހެން ވޮލީ ޓީމް މިއަހަރުގެ މުބާރާތުގެ މެޗެއްގައި ކުޅެނީ. ފިރިހެން އަދި އަންހެން ޓީމްވެސް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި / އީވީ ފޮޓޯ ޝާމް

ގޮއިދޫ ސްކޫލުން ބުނީ މުބާރާތުގެ ފައިނަލް މެޗްތައް އޮންނާނީ އަންނަ ހޯމަދުވަހާ، އަންގާރަދުވަހު ކަމަށެވެ.

އެތުލެޓިކްސް އާއި ކުޅިވަރުގައި މުޅިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ އަދި ގިނަ ރެކޯޑްތަކެއް ހަދާފައިވާ ގޮއިދޫ ސްކޫލް ވަނީ އިންޓަހައުސް ބީޗް ވޮލީ ބޯޅައިގެ ޗެންޕިއަންކަން މިދިޔަ މަހު ހޯދައި ތަށިވެސް މިލްކޮުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top