ގަދީމީ ޒަމާނުންސުރެ ދިވެހިން ފޮނިތޮށި ބޭނުންކޮށް އުޅެނީ ބޭސް ވެރިކަމަށާއި ހަވާދުގެ ގޮތުގައެވެ. އެކަމަކު އަވައްޓެރި އަދި ޔޫރަޕްގެ ގައުމުތަކުގައި މިކަންކަމުގެ އިތުރުން ، ހެނދުނު ނާސްތާގެ ތެރޭގައި އޯޓްސް، ނުވަތަ ޖޫހާއެކު ނޫނީ މިކަހަލަ ކޮންމެވެސް އެހެން އެއްޗަކާ އެކު މުގުރާފައި ހުންނަ ފޮނިތޮށި ބޭނުންކުރެއެވެ.
ފޮނިތޮށްޓަކީ ހަމައެކަނި ރަހަމީރު ކޮށްލުމުގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ސިއްހަތަށް ގިނަ ފައިދާ ތަކެއް ކުރާ އެއްޗެކެވެ.
ފޮނިތޮށިން ސިއްހަތަށް ކުރާ ގިނަ ފައިދާތަކަށް ބަލާއިރު 100 ގްރާމް ފޮނިތޮށީގައި 54.3 ގްރާމް ފައިބަރ އާއި 1228 މިލިގްރާމް ކެލްސިއަމް އާއި 38.07 މިލިގްރާމް ދަނގަޑު އެކުލެވިފައި ވެއެވެ. އެހެންކަމުން ފޮނިތޮށި ހިމެނިފައިވަނީ އަޖައިބުން ފުރިގެންވާ އަދި އިންސާނާގެ ސިއްހަތަށް ބައިވަރު ފައިދާ ތަކެއް ލިބިދޭ އެއްޗެއްގެ ގޮތުގައިކަމަށް ސައިންސްވެރިން ބުނެއެވެ.
ފޮނިތޮށީގެ ފައިދާތަކުގެ ތެރޭގައި:
ލޭގެތެރޭގައި ދައުރުވާ ހަކުރުގެ ލެވެލް ދަށްކޮށްދެއެވެ.
ކާތަކެތި ހަޖަމުކުރުމާއިބަނޑުގެ ހަމަނުޖެހުމަށާއި ވައިހެދުމުން ސަލާމަތް ކޮށްދެއެވެ.
އާތުރައިޓިސް ނުވަތަ ރާއްޖެ ބަލީގެ ސަބަބުން ގައިގެ ތަންތަނަށް ތަދުވުމާއި ދުޅަ ވުމާއި ރިއްސުން ރަނގަޅުކޮށްދެއެވެ.
ކާއެއްޗެއްސާއެކު ހަށިގަނޑަށް އެތެރެވާ ބެކްޓީރިއާއިން ދިފާއު ކޮށްދެއެވެ.
ހަނދާން ނެތުމުގެ ބައްޔާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނާރުތަކުގެ ބަލިކަށިވުމަށް ފޮނިތޮއްޓަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ.
ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދެއެވެ.
ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމާއެކު ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ.
ހަށިގަނޑުގައި ބާރުދެރަވަމުން އަންނަ ޓިޝޫތައް މަރާމާތުކޮށްދެއެވެ.
ކޮލޮސްޓްރޯލް ލެވެލް ދަށް ކޮށްދެއެވެ.
ފޮނިތޮށި ބޭނުންކުރާނީ ކިހިނެއް؟
ކޮންމެ ދުވަހަކު ހެނދުނު ލުބޯޖޫސް ނުވަތަ އެހެން މޭވާ ޖޫހެއްގެ ތެރެއަށް ނުވަތަ ސައިތަށި، ކިރުތަށި އެހެންނޫނީ ހެނދުނުގެ ނާސްތާގައި ބޭނުން ކުރާ މި ފަދަ ބުއިމެއްގެ ތެރެއަށް 1 ސައިސަމުސާ މުގުރާފައި ހުރި ފޮނިތޮށި އަޅައިގެން ރަނގަޅަށް ގިރާލުމަށް ފަހު ބޯލާށެވެ. އެހެން ނޫނީ މާމުއި ސަމުސަލެއްގެ ތެރެއަށް ފޮނިތޮށި ސަމުސަލެއް އަޅައިގެން ބުއިންވެސް ރަނގަޅުވާނެއެވެ. މީގައި މުހިއްމުވަނީ ކޮންމެ ދުވަހަކު ހެނދުނު ފޮނިތޮށި ސަމުސަލެއް ހަށިގަނޑަށ އެތެރެވުމެވެ.
އެހެންނަމަވެސް މާބަނޑު އަންހެނުންނާއި އެލާޖިކް ވާމީހުންނާއި 6 އަހަރުން ދަށުގެ ކުޑަކުދިންނާއި ފުއްޕާމޭގެ މައްސަލަ ހުންނަ މީހުންނަށް ފޮނިތޮސީގެ މި ފަރުވާ ހޯދުން އެހާ ރަނގަޅެއް ނޫނެވެ.
މަސްދަރު :ކޫސިން އެންޑް ހެލްތް ޑޮޓް ކޮމް