ހިނިން ރައްކާތެރިވާނީ ކިހިނެއް؟

ants_infestation.jpg

ކިިތަންމެވަރަކަށް ސާފުކުރިކަމުގައި ވިޔަސް ހިނި އުޅޭ ތަނެއްވިއްޔާ އެތަނަކުން ހިިނީގެ އުނދަގޫ ފިލުވާލުން އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައެވެ. ގޭތެރެއާއި ބަދިގެ ތެރޭގައިވެސް މި ކުޑަކުޑަސޫފި އުޅެން ފަށައިފިނަމަ ދެން ޖެހެނީ އަބަދުވެސް އޭގެ އުދަގުލުން ސަލާމަތްވެވޭތޯ މަސައްކަތް ކުރާށެވެ.

ހިނީގެ އުދަނގުލުން ސަލާމަތްވުމަށް ބާޒާރުގައި ވިއްކަން ހުންނަ އެއްޗެތީގެ ބަދަލުގައި ގޭގައި އަމިއްލައަށް ތައްޔާރުކުރެވިދާނެ “ބޭސް” އެބަހުއްޓެވެ. ތައްޔާރުކޮށް ތަޖްރިބާކޮށްލަމާ ހިނގާށެވެ.

ލުނބޯޖޫސް : ހިނި އުޅޭ ހިސާބަށް ލުނބޯޖޫސްކޮޅެއް އަޅާލާށެވެ. ހުތްވަސްދުވާނަމަ ހިނި އެތަނަކާ ކައިރިއެއްނުވާނެއެވެ. އިސާހިތަކު އެތަނުން ހިނިތައް ހިގައިދާނެއެވެ.

ފޮނިތޮށި : ހިނި އުޅޭ ތަނުގައި ފޮނިތޮށި އެޠޮކޮޅެއް ކަފަބުރަކުން އުނގުޅާލާށެވެ. ނުވަތަ ބައި ލިޓަރު ފެނުގެ ތެރެއަށް ދެ މޭޒުމަތީސަމުސާ މުގުުރިފޮނިތޮށި އަޅައިގެން އެއްކޮށްލުމަށްފަހު އަޅާލާށެވެެ. އޭރުން ހިނިތައް އެތަން ދޫކޮށް ހިނގައިދާނެއެވެ.

ވިނިގަރ: ވަރަށްގިނަ ކަންތަކުގައި ވިނިގަރއަކީ ބޭނުންހިފޭ އެއްޗަކަށް ވާފަދައިން ހިިނީގެ އުދަނގުލުން ސަލާމަތް ވުމަށްވެސް ވިނިގަރ ބޭނުންކުރެވިދާނެއެވެ. 2:1 އަށް ފެން އަޅައިގެން އެއްކޮށްލުމަށްފަހު ސްޕްރޭ ކޮށްލާށެވެ. ނުވަތަ ފިއްސަކުން ހާކާލާށެވެ. ބައިލިޓަރުފެނުގެ ތެރެއަށް ތަށިދޮންނަން ބޭނުންކުރާ (މާމާލައިމް ނުވަތަ ވިމްޕައުޑަރ ނުވަތަ އެނޫން އެއްޗެއް) 50އެމް.އެލް އަޅައިގެން އެއްކޮށްލާފައި ސްޕްރޭ ކުރުމުންވެސް އެސަރަހައްދު ދޫކޮށް ހިނިތައް ދާނެއެވެ.

ބޭކިންގސޮޑާއާއި މުގުރިހަކުރު: ދެބައި އެއްކޮށްލުމަށްފަހު ހިނިއުޅޭ ސަރަހައްދަށް އޮއްސާލާފައި ބަހައްޓާށެވެ.

ޒުވާރިފުށް : ހިނިއުޅޭތަނަކަށް ޒުވާރި ފުށް އަޅައިފިނަމަ އެފުއްތައް ގެންދާނީ ހާއްޔަށެވެ. އެކަމަކު އެކައިގެން ހަޖަމުނުވުމުން މަރުވެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top