ޒުވާންކަމުގައި ގިނަދުވަހު ދެމިހުރުމަށް އެހީއެއް

7-Habits-of-Extremely-Healthy-People.jpg

ކަނޑުމަސް

މީގެ 30 އަހަރު ކުރިން، ރިސާރޗް ކުރެއްވެވި ބޭފުޅުން، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަސްކާގެ އިންޔޫއިޓް މީހުންނަށް އެއްވެސް ގޮތަކަށް ހިތުގެ ބައްޔެއް ނުޖެހޭތީވެ، އެކަމާ ވަރަށް ބޮޑަށް ހައިރާންވެ ދިރާސާކުރެއްވިއެވެ. މިހާރުގެ ސައިންސްވެރިން ބުރަވެލައްވާގޮތުގައި، އޭގެ ސިއްރަކީ އެމީހުންނަކީ އާދައާއި ޚިލާފަށް ކަނޑުމަސް ކައިއެޅޭ ބަޔަކަށް ވުމެވެ. މަހުގައި ގިނަ އަދަދަކަށް އޮމެގާ3 ފެޓްސް އެކުލެވެއެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގައި ކޮލެސްޓިރޯލް ޖެހުމުން ސަލާމަތްކޮށްދޭ އަދި ހިތުގެ ރިދަމް ހިފަހައްޓައިދޭ މާއްދާއެކެވެ.

ޑާކްޗޮކްލެޓް

105970

ޕަނާމާގެ މެއިންލޭންޑް ގައި ދިރިއުޅޭ މީހުންނަށްވުރެ، ޕަނާމާގެ އައްސޭރިފަށުގައި ދިރިއުޅޭ ސޭން ބަލަސް ރަށްތަކުގެ މީހުންނަށް ހިތުގެ ބަލިތަކާއި ކުރިމަތިލާންޖެހެނީ ނުވަގުނަ މަދުންކަމަށް ދިރާސާތަކުން ދައްކައެވެ. އެރަށްތަކުގައި އުޅޭ މީހުންނަކީ ކޮކޯ އެކުލެވިގެންވާ ބުއިންތައް ޢާންމުކޮށް ބޮއިއުޅޭ ބައެކެވެ. މިއީ މީގެ ސަބަބެއްކަމަށް ބުނެވެއެވެ. ފްލޭވަނޮލްސް އަކީ ކޮކޯގައި އެކުލެވިގެންވާ މާއްދާއެކެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގެ މަސައްކަތް ރަނގަޅަށް އަދާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި މިއީ ލޭ މައްޗަށްދިއުން (ހައިޕަރޓެންޝަން)، ހަކުރުބަލީގެ ދެވަނަ ވައްތަރު، ކިޑްނީގެ ބަލިތައް، މުސްކުޅިވުމުގެ ސަބަބުން ދިމާވާ ހަނދާންނެތުމުގެ ބަލިންވެސް ސަލާމަތްކޮށްދޭ މާއްދާއެކެވެ.

ޒައިތޫނި ތެޔޮ

olive-oil-and-olives

މީގެ 40 ވަރަކަށް އަހަރު ކުރީގެ ޢިލްމުވެރިން ވިދާޅުވިގޮތުގައިވެސް، ޒައިތޫނި ތެލަކީ އޭގައި އެކުލެވޭ މޯނޯއަންސެޓިޔުރޭޓެޑް ފެޓްސް ގެ ސަބަބުން ހިތުގެ ބަލިތަކުންނާއި ކެންސަރުގެ ބަލިތަކުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. މިހާރު ޒައިތޫނި ތެލުން ފެނިގެންދާ އަނެއްކަމަކީ އޭގައި ޕޮލީފީނޯލް އާއި ވަރުގަދަ އެންޓިއޮކްސިޑެންޓް ފަދަ މާއްދާތައްވެސް ހުންނަކަމެވެ. އަދި ޢުމުރާއި ގުޅިގެން އަންނަ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ބޭހަކަށް މިއަދު މިވަނީ ޒައިތޫނި ތެޔޮ ވެފައެވެ.

ބަދަން (ނަޓްސް)

505-healthy-living4-why-to-add-more-nuts-and-seeds-to-your-meal

ބައެއްމީހުން ގަބޫލުކުރާގޮތުގައި އެކިވައްތަރުގެ ބަދަން ކާ މީހުންގެ ޢުމުރު ދިގެވެ. މިއީވެސް ހާސްވެ އަންތަރީސްވާވަރުގެ ކަމެއްނޫނެވެ. ބަދަނަކީވެސް އޭގައި އަންސެޓިޔުރޭޓެޑް ފެޓްސް އެކުލެވޭ އެއްޗެކެވެ. ހަމަ ކުރިން ބުނެވުނުފަދައިން ޒައިތޫނިން ލިބޭ ފައިދާތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރަށް ވިޓަމިންސް، މިނެރަލްސް، ތަފާތު ވައްތަރުގެ ޕޮލީކެމިކަލްސް އަދި ހަމައެހެންމެ، މީގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެއެވެ.

ޔޯގަރޓް

yogurt-yeast-infection

1970 ގެ އަހަރުތަކުގެ ތެރޭގައި، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސަތޭކަ އަހަރު ފުރިފައިވާ މީހުން ނުތިބޭވަރަށް، ސޯވިއެޓް ޖޯޖިއާގައި ސަތޭކައަހަރު ފުރިފައިވާ މީހުން ތިބޭ ވާހަކަ ތުންތުންމަތިން ދެކެވެއެވެ. އެދުވަސްވަރުގެ ރިޕޯޓުތައް ބުނާގޮތުން މިޤައުމުގެ މީހުންގެ ޢުމުރު ދިގުވަނީ ޔޯގަރޓް ކައިގެންނެވެ. ޢުމުރު ދިގުވުމާއި ޔޯގަރޓް އާއި ހުރި ސީދާގުޅުމެއް އެނގެން ނެތްކަމުގައިވިޔަސް، ޔޯގަރޓް އަކީ އޭގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. އޯސްޓިއޯޕޮރޯސިސް ނުވަތަ ދިވެހިން ކިޔާގޮތުންނަމަ ކަށި ފީވުމުގެބަލިން  ސަލާމަތްވުމަށް ކެލްސިއަމްއަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ހަމައެހެންމެ، ވަރަށްގިނަ ރަނގަޅު ބެކްޓީރިއާވެސް ޔޯގަރޓްގައި ހިމެނެއެވެ. އެހެންވެ، ބަނޑުގެ ސިއްހަތު ރައްކާތެރިކޮށްދޭ އަދި ޢުމުރުން ދުވަސްވުމުގެ ގޮތުން ބަނޑާއި ގޮހޮރަށް ދިމާވާ އެކިއެކި ބަލިތަކުން ސަލާމަތްކޮށްދޭ އެއްޗަކަށް ޔޯގަރޓްވަނީ ވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top