ރ .ހުޅުދުއްފާރާއި ރަސްމާދޫގައި ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

9201bbe0-5ceb-4808-a7cb-d68d631a3631.jpg

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ދެ ގޮފި ރ. ހުޅުދުއްފާރާއި ރަސްމާދޫގައި ހުޅުވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރ. ހުޅުދުއްފާރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވީ ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދު ކަމަށެވެ. މި ރަސްމިއްޔާތުގައި ހުޅުދުއްފާރު ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

އަދި ރ. ރަސްމާދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދާއި ރަސްމާދޫ ކައުންސިލުގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުލްޙަމީދު ޙަސަން އެވެ. މި ރަސްމިއްޔާތުގައި ރަސްމާދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ހުޅުވުން ދެ ގޮފި ކަމަށެވެ. މިއީ ސަރުކާރުން ބިނާކުރި 11 އަދި 12 ވަނަ ގޮތްޕެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ކ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވާފައިވެއެވެ. މި ރަށްރަށުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ހުޅުވާފައިވާ އިރު އޭދަފުށީގައި އަދި މި ޚިދުމަތް ދޭން  ފަށާފައިނުވާކަން ފާހޖަގަކުރެވެ އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top