ބޭރަށް ނުކުތުމަށް ނުރައްކާ ވާވަރަށް ދުންފުހުގެ އަސަރު

ވސދގވަ.jpg

ބޭރަށް ނުކުތުން ނުރައްކާވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާން ފަށައިފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެކަމަށެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓްއޮފީހުން ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ދުންފުހުގެ އަސަރު ހުންނާނެ ކަމަށާއި ދުންފުހުގެ އަސަރު ކުޑަވެ, ދުރުފެންނަ މިންވަރު ސާފުވާން ފަށާނީ ހުކުރު ދުވަހުގެ ފަހުން ކަމަށް ލަފާކުރެވޭކަމަށް މެޓުން ވިދާޅުވި އެވެ.

އާންމު ގޮތެއްގައި މޫސުން ރީތި ދުވަސްވަރު ދުރު ފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ ދުރަށް ހުންނައިރު، ދުންފުހުގެ އަސަރު ގަދަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ފެށުމާއެކު، ހިމާލިޔާ ސަރަހައްދުންނާއި އަވައްޓެހި ގައުމުތަކުން އަންނަ ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ރާއްޖެއާ ހަމައަށް ފޯރާ ދުވަސްވަރެކެވެ.

ދުންފުހުގެ އަސަރު ބޮޑުވެ، ވައި ނުސާފުވެފައިވާތީ، ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން ބޭރަށް ނުކުމެ އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top