އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓްގެ ޕޯޓަކާއި އިގުތިސާދީ މަރުކަޒެއް ގާއިމުކުރަން ހަވާލުކޮށްފި

85d76d32-9f96-49c4-89b7-9e332dd91899-scaled.jpg

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޕޯޓަކާއި އިގުތިސާދީ މަރުކަޒެއް ގާއިމުކުރަން އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވޮލޮޕްމަންޓް“ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއު ހަވާލުކުރީ ސާރހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސާސް އެލް.އެލް.ސީއާއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. އަދި ސާރހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.

އިހަވަންދިއްޕޮޅުގައި ގާއިމުކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޕޯޓަކާއި އިގުތިސާދީ މަރުކަޒު ހިމެނޭ ސަރަހައްދު ހުންނާނެ ގޮތުގެ ކުރެހުމެއް– ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީކުރުން ހިމެނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އިގުތިސާދީ ހަރަކާތްތައް އިތުރުވެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top