ގަދަ ވަޔާއެކު އޭދަފުށިން ބިޔަ ގަސްތަކެއް ވެއްޓިއްޖެ

Park-2-1536x1153-1.jpg

މިހާރު ކުރަމުން ވިދާ ވިއްސާރައިގާ މިއަދު އައި ގަދަވަޔާއެކު އޭދަފުށީގައި ހުރި ބިޔަ ތިން ގަސް ވެއްޓިއްޖެ އެވެ.

މި ހާދިސާގައި މީހަކަށް ގެއްލުން ނުލިބޭ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއްވި އެވެ.

ކައުންސިލުން ބުނީ، ރެއިން ފެށިގެން ގަދަވަޔާއެކު ކުރަމުން މިދާ ވިއްސާރައިގާ މިއަދު ވައިބާރުވެ އޭދަފުށީގެ އެކި ސަރަހައްދުތަކުން ބިޔަ ގަސް ގަހާއި ބައެއް ގަސްގަހުގެ އޮފިތައްވެސް ބިންދައިގެން ގޮސް ވެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން ދެކުނު ފަރާތުގައި ހުރި ކުޑަކުދިންގެ ޕާކުގެ ހަޓްގެ ފުރާޅާއި ވެސްޓް ވިންގްސް ޕާކުގެ ފާޚާނާގެ ފުރާޅާއިކުރީގެ ބާ އިންޖީނުގެ ފުރާޅުން ބައެއް އެއްލާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ވެއްޓުނު ގަސްތަކުގެ ތެރެއިން އަލުން އިންދެން ހުރި ގަސްތައް މިހާރުވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު އިންދާފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު, ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި, ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީއިދާރާއިން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top