ދަނގެތީ ކައުންސިލުގެ ނަމޫނާ މަސައްކަތެއް. ތަފާތު ރީތި ޖެޓީއެއް

385482_3_012412f5a3c67e80f4461320848170e290246404_large.jpg

ދަނގެތީގެ ހުޅަނގު ފަރާތުގައި ހަދާފައި ހުރި، އާ ޖެޓީ.-- ފޮޓޯ: މުހައްމަދު ސަމްއީން (ސަންކޮ)

އދ ދަނގެތީ ކައުންސިލުން ހަރަދުކޮށްގެން އެރަށުގައި ތަފާތު ރީތި ޖެޓީއެއް ހަދައިފި އެވެ.

އެރަށު ކައުންސިލްުގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވި ގޮތުގައި ފެންނަ ފެނުމުގައި ރިސޯޓެއްގެ ޖެޓީއެއްގެ ފާޑު ހުރި ކަމަށް ވިޔަސް އެސިފައިގާ ޖެޓީ ތައްޔާރު ކުރީ އެރަށަކީ ދަތުރުވެރިންނަށް ހާއްސަ ސަފާރީތަކާ އެއްޗެހިވެސް ވަރަށް ގިނައިން ކައިރިކުރާ ރަށަކަށް ވާތީ އެވެ.

”މި ސަރަހައްދުގައި ކުރިން ކޮންކްރީޓާއި ވަކަރުން އެޅި ޖެޓީއެއް އޮތް. މި ކައުންސިލާ ހަވާލުވި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވެ ކައުންސިލުން ނިންމީ އެ ޖެޓީ ނަގައި، އެ ތަނުގައި ރީތި ޑިޒައިނެއްގެ އާ ޖެޓީއެއް ހަދަން.“ރައީސް މުއާވިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑަށް ބޭނުންވީ ވީހާ ވެސް މޮޑާން، ޒަމާނީ ގޮތަކަށް ޖެޓީ ޑިޒައިން ކޮށް ފަސޭހައިން މެއިންޓަނަންސް ބެލެހެއްޓޭނެ ގޮތަށް ޖެޓީ ހަދާށެވެ.

ޖެޓީގެ މެދުގައި ވަނީ އިށީނދެލައިގެން ތިބޭ ގޮތަށް ބެންޗު ވެސް ބަހައްޓައިފަ އެވެ. އަދި ޖެޓީގެ އެންމެ ކޮޅުގައި ވެސް ބެންޗު ބަހައްޓައި ވަނީ ހިޔާކޮށްފަ އެވެ.

ތިން މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ހަދާފައިވާ މި ޖެޓީގެ ދިގުމިނުގައި ހުންނަނީ 250 ފޫޓެވެ. ފުޅާމިނަކީ 11 ފޫޓެވެ.  ޖެޓީ ހަދާފައި ވަނީ ކޮންކްރީޓާއި ލަކުޑި ބޭނުން ކޮށްގެންނެވެ.

“އެއީ މުޅިން ވެސް ރައްޔިތުންގެ ފައިސާ. ރަށުގެ ބިންތަކާއި އެއްޗެހި ކުއްޔަށް ދީގެން ރައްޔިތުންނަށް ލިބިފައި ހުރި ފައިސާ އިން މަސައްކަތް މި ކުރީ،” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top