45 މޭލަށް ވައިގަދަ ވާނެތީ ޔެލޯ އެލާޓްނެރެފި

IMG_20220514_120657066.jpg

މޫސުން ގޯސް ދުވަހެއް

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯއެލާޓް ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓްއޮފީހުން ލަފާ ކުރައްވައެވެ. ޔެލޯއެލާޓް ނެރެފައިވާ ސަރަހައްދު ތަކުގައި ނުވަ މީޓަރަށްވުރެ ކުދި އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ

ވިލާގަނޑުގައި މޫސުން އިތުރަށް ގޯސް ވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top