މޫދަށް ކުނިއަޅާތީ ތުލުސްދޫ ކައުންސިލް ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފި

Thulusdhoo-council-1140x570.jpg

ތުލުސްދޫ ކައުންސިލުން ގަވާއިދާއި ޚިލާފަށް މޫދަށް ކުނި އަޅަމުން ގެންދާތީ އެންވަޔަރންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ކައުންސިލް 45000 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިން ތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނިމެނޭޖު ކުރުމާބެހޭ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށާއި ކުނިއަޅާ ޑަސްބިން ތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން 45,000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ތުލުސްދޫ ކައުންސިލަށް ވަނީ އަންގާފައެވެ. އަދި އިދާރީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވައި އެ އެޖެންސީ އާއި  ހިއްސާ ކުރުމަށް އެ ކައުންސިލަށް އީޕީއޭ އިން އަންގާފައިވެ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދާފައިވާ ގާނޫނުތަކާ ގަވާއިދުތަކަށް ބޯލަނބައި ކިޔަމަންތެރިވެ އެއާއި ހިލާފު އަމަލުތަކުން ދުރުވެ ތިބުމަށްވެސް ބަޔާނުގައި ތުލުސްދޫ ކައުންސިލަށް އަންގާފައި ވެއެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ތަންތަނަށް ކުނި އެޅުމާއި އެ ކުނި މެނޭޖު ކުރުމަކީ ބޮޑެތި ޖޫރިމަނާތައް ކަނޑައެޅިފައިވާ ކަންކަމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top