އިތުރު ސްޕީޑާއި، ޑޭޓާއާ އެކު އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑްކޮށްފި

EfdDnz1UcAE4aBO.jpg

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑްކުރުން.

އުރީދޫ އިން 5 ގުނަ އިތުރު ސްޕީޑާއި 68 ޕަސެންޓް އާ ހަމައަށް އިތުރު ޑޭޓާ ހިމެނޭގޮތަށް ރާއްޖޭގެ އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑް ކޮށްފިއެވެ.

އުރީދޫން ބުނީ މިއަދު މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކާ ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާ ވަރުވެސް ނުހަނު ބޮޑުތަން އިތުރުވެފައި ވާތީ އުރީދޫ މޯލްޑިވްސްގެ ތަސައްވަރާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ  ކަމަށެވެ.

އެ ބަދަލާއެކު ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕާނެޓް އެޑޯންސްއާ އެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި އުރީދޫ އިން ދިވެހިރާއްޖޭގެ ހިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވާ ކަމަށެވެ.

މިއަދު ސުޕަނެޓް ޕެކޭޖްތައް ރިނިއުވެގެން ދިޔައިރު އެ ގެނެވުނު ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓްއަށް މިހާރު ސުޕަނެޓްގެ ހިދުމަތް ލިބޭ އިރު، ހިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ގިނަ ރައްޔިތުން ދަނީ މި ބަދަލު އަދިވެސް ނާންނާތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް ކޮވިޑްގެ މި ދުވަސްވަރާއި ދިމާކޮށް އިންޓަނެޓްގެ ޚިދުމަތަށް މި ހެޔޮ ބަދަލު ގެނެސްދިނުމަށް ގިނަ ފަރާތްތަކަކުން ގޮވާލަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top