ތިންވަނަ ކްއާޓަރުގައި 224 މިލިއަން ރުފިޔާގެ ސާފު ފައިދާ

0-02-05-f5c879ee21b45828e841d0e73fbb28c14eea19e4fae5f2f6b66defde23441492_full-1024x626-800x477-800x477-800x477-800x477.jpg

ބޭންކް އޮފް މޯލްޑިވްސްގެ ފައިދާގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި  224 މިލިޔަން ބިލިއަން ލިބިފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބޭންކުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ހާމަކުރުމަށްޓަކައި ބީއެމްއެލްއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 224 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހާ ހަމައަށް ބަލާނަމަ ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 759 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ޓިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ 6 މަހުގައި ހޯދުނު ކާމިޔާބު ނަތީޖާ ދަމަހައްޓައި، ބޭންކް ކުރިއަރައިގެން ދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކާމިޔާބު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށާއި އިންވެސްޓްމަންޓާއި ޕްރޮވިޝަން ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް ބޭންކުގެ ޚިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑްގެ ސަބަބުން މުހިންމު ހުރިހާ ދާއިރާ އަކުންވެސް މިވަނީ ރަނގަޅު ފައިދާއެއް ލިބިފައި ކަމަށް ޓިމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top