ދަރަވަންދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

113454309-1.jpg

ދަރަވަންދޫ

ބ. ދަރަވަންދޫ އެއާޕޯޓު ރަންވޭއާ ދިމާ ހުޅަނގުފަރާތު ވަލުތެރޭގައި ރޯވި އަލިފާންގަނޑެއް ދަރަވަންދޫ ޕޮލިސް ޑެސްކާއި އެރަށު ކައުންސިލު ގުޅިގެން ނިއްވާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ  6:10 އެހާކަށް ހާއިރުކަމަށެވެ. ހާދިސާ ހިނގުމާއެކު ދަރަވަންދޫ ޕޮލިސް ޑެސްކާއި އެރަށު ކައުންސިލުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަންފެށިކަމަށާ އަލިފާން ނިއްވުމަށް އެއާޕޯޓުގެ ފަޔާ ލޮރީ ބޭނުންކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 3000 އަކަފޫޓުގެ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top