އުނގޫފާރު ރައްޔިތުންނަށް ރޯދަމަހުގެ ކަރަންޓު ހިލޭ

large-155587597413knm1.jpg

އަވައްޓެރި ރ.އަތޮޅު އުނގޫފާރު ކައުންސިލުން އަންނަ ރޯދަ މަހު އެރަށުގެ ހުރިހާ ގެތަކުގެ ކަރަންޓުބިލް ދައްކައިދޭން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން ބައެއް މީޑިއާތަކަށް މިމައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އަންނަ މެއި މަހުގެ 6 އަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެރަށު ރައްޔިތުންނަށް ހިލޭ ކަރަންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އުނގޫފާރު ކައުންސިލުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި، ކޮންމެ އަހަރަކުވެސް ރޯދަމަހުގެ ކަރަންޓް ބިލް ދައްކައިދެއެވެ. އެކަމަކު އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ކަރަންޓް ހިލޭ ދޭ މުއްދަތު ވަނީ އިތުރުވެސް ކޮށްފައެވެ. އެ ކައުންސިލުން މައުލޫމާތުދެއްވި ކައުންސިލް މެންބަރު އަބްދުއްނަސީރު ވިދާޅުވީ މިއަހަރު ގާތްގަނޑަކަށް ދެމަސް ދުވަހުގެ ކަރެންޓް ހިލޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި އެބަދެވޭ ކަމަށެވެ.

ނަސީރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މާލިއްޔަތުން ކަރަދުކޮށްގެން ރައްޔިތުންގެ ފައިސާއިން ހިންގާ ކަންތައްތަކުން ރައްޔިތުންނަށް ވެސް ފައިދާ ވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާތީ، ރައްޔިތުންނަށް އެންމެ ބޮޑަށް މަންފާވާނެ އެއްކަމަކީ ކަރަންޓް ހިލޭ ކޮށްދިނުން ކަމަށްވާތީ މިފަދަ ކަންކަން ކުރަންޖެހޭކަމަށެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު