ފުޓްސަލް ޗެލެންޖް 2017 ޗެމްޕިއަންކަން ޔުނައިޓެޑް ވީ އަށް

DSC_2247.jpg

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގެ ތެރެއިން - ފޮޓޯ އީޓީ ރާއީ

“އޭދަފުށި ފުޓްސަލް ޗެލެންޖް 2017” ގެ ޗެމްޕިއަންކަން ޔުނައިޓެޑް ވީ ހޯދައިފިއެވެ.

އޭދަފުށި ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުން  ފިތުރުއީދާ ގުޅުވައިގެން އޭދަފުށީގެ ސްޓޭޖް ސަރަހައްދުގައި އިއްޔެ ހަވީރު އޮތް މި މުބާރާތުގެ ފައިނަލް މެޗްގައި ޔުނައިޓެޑް ވީ ވެލާސިޓީއާ ވާދަކޮށްގެން މޮޅުވެފައިވަނީ 3-1ގެ ތަފާތުންނެވެ.

މި މެޗްގައި ޔުނައިޓެޑް ވީއަށް ލަނޑު ޖަހާދީފައިވަނީ  އިޝާން އިބްރާހިމް (ސައްޓު) އާއި މުއާޒް އަލީ ގެ އިތުރުން މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ވެލާ ސިޓީން ލަނޑު ޖަހާފައިވަނީ  އިބްރާހިމް ޝަރީފް އެވެ.

މި މުބާރާތުގެ ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ މުހައްމަދު ފާސިރު (ފާއްޓެ)އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވާފައިވަނީ ޔުނައިޓެޑް ވީ ގެ ޝާފީ އަލީއެވެ.  ފެއާ ޕްލޭ ޓީމަކަށް ހޮވާފައިވަނީ ދަ ޗެލެންޖާޒް ޓީމެވެ.

އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ މުހައްމަދު ފާސިރު ، ސާމީ އިބްރާހިމް ، އަފްޒަލް އިބްރާހިމްގެ އިތުރުން ވެލާ ސިޓީގެ ޝާހީ މޫސާ އަދި ދަ ޗެލެންޖާޒް ޓީމުގެ އަލީ މާނިހްއެެވެ.

މުބާރާތުގެ އެެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް މުހައްމަދު ފާސިރު (ފާއްޓެ) ހޯދި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެެރިޔާގެ މަގާމް ހޯދާފައިވަނީ ސާމީ އިބްރާހިމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top