ކެންޑިޑޭޓުންގެ ބަސް: ހަމްދޫން މުހައްމަދު

17351999_648088132044851_2686044203299648642_n.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ. އޭދަފުށީ، ޓިކާނާ ހަމްދޫން މުހައްމަދު (ކެޓީ) އަކީ ޒުވާނުންގެ ތެރޭގައި މަޝްހޫރު ޚާއްސަގޮތެއްގައި ސޯޝަލް މީޑިޔާގައި މަޝްހޫރު ނަމެކެވެ. މަޑުމައިތިިރި އަޚްލާގެއްގެ ހަމްދޫންގެ މަސައްކަތުގެ ތަޖުރިބާ ފެށުނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އޮފިސަރެއްގެ މަގާމުންނެވެ. އޭގެފަހުން 3 އަހަރެއްހާދުވަހު ރިސޯޓްދާއިރާގައިވެސް މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޒުވާނުންނާ އޭނާ އޮންނަގުޅުން ވަރުގަދަކުރުމަށް އޭނާގެ ވަޒީފާ ފަހުން އޭދަފުށީ ޔޫތުސެންޓަރަށް ބަދަލުކުރިއެވެ. ވިޔަފާރީގެ މަސައްކަތްތަކުގައި މިހާރު އުޅުއްވިޔަސް ހަމްދޫނަކީ އޭދަފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާމެދު ވިސްނާ މަދު ޒުވާނުންގެ ތެރެއިން އެކެކެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

ކައުންސިލަށް ކުރިމަތިލީ އެއްބޭނުމަކީ ރައްޔިތުން އެދޭފަދަ ކައުންސިލް މެމްބަރެއްގެ ގޮތުގައި ޚިދްމަތްކުރުމުގެ ފުރުސަތު ހޯދުން. ރައްޔިތުންގެ ދަތި މައްސަލަތައް ބަލައި އެކަންކަމަށް މަސައްކަތް ކުރުމުގެ ވިސްނުންވެސް ހުރީމަ ކުރިމަތިލީ

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

ވަރަށް ކުރިންފެށިގެން އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި އޮތް އެންމެ ރަނގަޅު ޑިމޮކްރެޓިކް އުސޫލުން ހިނގާ ޕާޓީއަކީ އެމްޑިޕީ. އެމްޑީޕީން ކުރިމަތިލިޔަސް އަޅުގަނޑު ހިދްމަތް ކުރަން އުޅެނީއަކީ ވަކިޕާޓީ ބަޔަކަށް ނޫން. އެންމެންނަށް. ކޮންމެ ޕާޓީއަކުން ކައުންސިލަށް ހޮވުނަސް އެކަން އަޅުގަނޑު ދަންނާނަން

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އެންމެބޮޑު މައްސަލައަކަށް އަޅުގަނޑަށް ފާހަގަކުރެވެނީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އޭދަފުށިގައި ނެތް މައްސަލަ. އެކަން ހައްލުކުރުމަށް އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން. ސަރުކާރާ، ކައުންސިލް މެމްބަރުންނާ ގުޅިގެން. އިރާދަކުރެއްވިއްޔާ ޓާފް ދަނޑެއް އެޅޭނެ އަންނަ ދައުރުގައި.

ދެވަނަ މައްސަލައަކަށް އަޅުގަނޑު ފާހަގަކުރަނީ ދީނީ ހޭލުންތެރިކަން އޭދަފުށި ރައްޔިތުންގެ މެދުގައި ދަށްވެފައިވާ މައްސަލަ. އެކަން ހައްލުކުރުމަށް ކައުންސިލާ، އިސްލާމިކް މިނިސްޓްރީ ގުޅިގެން ނަމަވެސް މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ކައުންސިލަށް ހުށައަޅައި މަސައްކަތް ކުރާނަން.

ތިންވަނަ ކަމަކަށް ބަނދަރުގެ ދަތިކަން ފާހަގަކުރެވެނީ. އަޅުގަނޑު މަސައްކަތް ކުރާނަން މިހާރު އޮތް ބަނދަރު ތަރުތީބުކޮށް، މަސްމާރުކޭޓާ، ފެރީޓާމިނަލް ކަހަލަ ތަންތަން އެޅޭނެގޮތްތަކެއް ހަމަޖެހޭތޯ. އަދި އިތުރު ބަނދަރެއް ހެދުމަށް ސަރުކާރާއެކު މަސައްކަތް ކުރަންވެސް އަޅުގަނޑު މިހިރީ ތައްޔާރަށް

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ:

އުފާވެރި އެއް ޚަބަރަކީ އަޅުގަނޑަކީ ވަކިމީހަކަށް ވަކިކުލަޔަކަށް ތަފާތުކޮށް ކަންކުރާނެ މީހެއް ނޫނޭ. އަޅުގަނޑު ކައުންސިލަށް ހޮވައިފިނަމަ ރައްޔިތުންގެ ފައިސާއަކަށް ހިޔާނާތްތެރިއެއް ނުވާނަމޭ. އަޅުގަނޑަކީ ރައްޔިތުންގެ ލަފަޔާއެކު ރައްޔިތުންނާ ގުޅިގެން ކަންކަން ނިންމާ މީހަކަށް ވާނެއޭ. އަޅުގަނޑަށް ވޯޓް ދެއްވާށޭ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top