މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއެބިލިޓީސް ( އެމްއޭޕީޑީ ) ގެ ބ. އަތޮޅު ކޯޑިނޭޓަރަކަށް އޭދަފުށީ ސައްކެޔޮގެ މުހައްމަދު ރަޝީދު ހަމަޖައްސަވައިފިއެވެ.
މިކަމާ ގުޅިގެން އެމްއޭޕީޑީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 22 ފެބްރުއަރީ 2017އިން ފެށިގެން އެމްއޭޕީޑީގެ ބ.އަތޮޅާ ގުޅޭ އެންމެހާ ކަންކަމެއްގައި އެމްއޭޕީޑީ ތަމްސީލު ކުރުމަށް އިސްވެ ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓަކީ މުހައްމަދު ރަޝީދު (ފޭލި )ޖަމިއްޔާގެ ނައިބު ރައީސް އެވެ. ވީމާ ބ. އަތޮޅުން ނުކުޅެދުންތެރިކަމާ ގުޅޭ އެންމެހާ ކަންކަމެއްގައި މުހައްމަދު ރަޝީދު :9631111 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.
މި މަގާމާއި ހަވާލުވިކަން މުހައްމަދު ރަޝީދުވެސް ވަނީ އީވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ރަޝީދު ވިދާޅުވީ މިއީ އޭނާއަށް ލިބުނު ވަރަށް ޚާއްސަ އުފަލެއްކަމާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިރޮނގުން ޚިދުމަތެއް ކޮށްދިނުމަކީ އަބަދުވެސް ހިތުގައި އޮންނަ ކަމެއް ކަމުގައެވެ.