ފޭރުން ލިބޭ ފައިދާތައް އެނގޭތަ؟

11258657553_2bc89d098a_z.jpg

ދިވެހިންގެ ގޯތި ގެދޮރުގައި އާންމުކޮށް ހެދޭ ފޭރަކީ ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިދޭ މީރު މޭވާއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފޭރު ހިމެނުމަށް ސިއްހީ މާހިރުން ލަފަދެއެވެ. މިކަމުގެ ސަބަބުތައް ބައިވަރެވެ. ތިރީގައި މިވަނީ ފޭރުން ލިބޭ ސިއްޙީ ބޮޑެތި ފައިދާތަކުގެ ތެރޭން އަށް ފައިދާއެވެ.

ލޭގެ ޕްރެޝަރު ނޯމަލްކޮށްދިނުން :

ފޭރަކީ ގިނަ އަދަދަކަށް ޕޮޓޭޝިޔަމްއާއި އެނޫން ވެސް ލޭގެ ޕްރެޝަރު ނޯމަލްކުރުމަށް ބޭނުންވާ މާއްދާތައް އެކުލެވޭ މޭވާއެއްކަމުން ފޭރު ކެއުމުން ލޭގެ ޕްރެޝަރު ދަށްމީހުންގެ ޕްރެޝަރު މަތިކޮށްދީ އަދި ޕްރެޝަރު މަތިމީހުންގެ ޕްރެޝަރު ދަށްކޮށްދެއެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ ސިއްޙަތު ސަލާމަތް ކޮށްދިނުން:

ފޭރު ކެއުމުން ގެސްޓްރިކް ޖޫސްތައް ނެރޭމިންވަރު މެދުމިނެއްގައި ހިފަހައްޓައިދިނުމާއި ހަޖަމުކުރާ ނިޒާމުގައި އުފެދޭ އިންފްލެމޭޝަންގެ މައްސަލަ ހައްލުކޮށްދެ އެވެ. މީގެއިތުރުން ފޭރު ކެއުމުން ގޮހޮރުގެ ހަރަކާތްތައް ވެސް ގިނަކޮށްދެ އެވެ. މިއީ ބަނޑުހަރުވުމުން ސަލާމަތް ކޮށްދިނުމާއެކު ހަޖަމްކުރުމަށް ފަސޭހަކޮށްދޭ ކަމެކެވެ.

ކޮލެސްޓްރޯލް:

ފޭރު ކެއުމުން ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީ ރަނގަނޅު ކޮލެސްޓްރޯލް މަތިކޮށްދެ އެވެ. އަދި ދެ ބާވަތުގެ ކޮލެސްޓްރޯލްގެ ނިސްބަތް ނޯމަލްކޮށްދިނުމަށް އެހީތެރިވެދެ އެވެ.

މަސްތައް ވަރުގަދަކޮށްދިނުން:

ފޭރަކީ ކެލްސިޔަމްއާއި ގިނައަދަދެއްގެ ވިޓަމިންސް އާ އަދި މިނެރަލްސް އެކުލެވޭ މޭވާއެކެވެ. މީގެތެރޭގައި ސޯޑިޔަމް، ޕޮޓޭޝިޔަމް، ދަގަނޑު، މެގްނެސިޔަމް، ވިޓަމިން އޭ، ޑީ، އަދި ވިޓަމިން ބީ. ޓުވެލް އަދި ވިޓަމިން ބީ ސިކްސް ހިމެނެއެވެ. މިމާއްދާތަކާއެކު ފޭރުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދެއެވެ.

ދިފާއީ ބާރުވަރުގަދަކޮށްދިނުން:

ފޭރަކީ ގިނައަދަދަކަށް ވިޓަމިން ސީ ފަދަ ވިޓަމިންތައް އެކުލެވޭ މޭވާއަކަށްވާތީ އެއީ ދިފާއީ ބާރު ވަރުގަދަ ކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ މޭވާއެކެވެ.

ކެންސަރުޖެހުން މަނާކޮށްދިނުން:

ފޭރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހުންނާތީ އާއި ފްލަވޮނޮއިޑް ފަދަ ކޮންޕައުންޑްތައް ހުންނާތީ އެއީ ކެންސަރުން ސަލާމަތް ކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްދޭ މޭވާއެކެވެ.

މަސްދަރު: ބޯލްޑް ސްކައި

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top