ރަން ބޫޓާއި، މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ސެންޓޭއަށް ލިބިއްޖެ

l_148459004150QTVl.jpg

“މޯލްޑިވްސް ފުޓްބޯލް އެވޯޑް”ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބ. އޭދަފުށީ/ވާރިޔާ އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ. މި އަހަރުގެ ރަން ބޫޓް ވެސް ހާސިލުކުރީ ސެންޓޭ އެވެ.

މިއަހަރު ނިއުރޭޑިއަންޓަަށް ބޮޑު އަގަކަށް ސޮއިކުރި އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ފުރަތަމަ އެގާރައިގައި ހިމެނެމުންއަންނަ އިތުރާބު ފޯވާޑް ސެންޓޭއަށް މިއެވޯޑް ހަވާލުކުރީ މިރޭ މާލޭގައި އޮތް ހަފްލާއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާ ގުޅިގެން އެފްއޭއެމްއިން ދޭ މި އެވޯޑްގައި މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ސެންޓޭއާ ވާދަކޮށްފައިވަނީ، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދާއި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

ޓީސިގައި މިދިޔަ ސީޒަން ހޭދަ ކުރި ސެންޓޭ ވަނީ 34 ލަނޑު ކާމިޔަބު ކޮށްފަ އެވެ. ސީޒަންގެ ތިން މުބާރާތުގައި ރަނަރަފު މެޑަލް އޭނާ އެޅި އެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ސެންޓޭ އެވެ.

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ގައުމީ ފެންވަރުގެ ފުޓްބޯޅައިގައި އޭދަފުށީގެ ކުޅުންތެރިންގެ ވިދުން ގަދަވަމުން އައިނަމަވެސް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާ ހަމައަށް އޭދަފުށީ ކުޅުންތެރިއަކު ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ސެންޓޭއަށް އީވީގެ ފަރާތުން ތަހްނިޔާ ދަންނަވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top