ބޮލުން އިސްތަށި ފޭބުމަކީ ވަރަށް އާއްމު ކަމެކެވެ. މި ކަމުގައި ވަކި ޖިންސެއް ތަފާތެއް ނުވެއެވެ. އިސްތަށި ފައިބާ މީހެއްގެ ބޮލުން ދުވާލަކު 50އާއި 100 އާއ
ދެމެދުގެއަދަދަކަށް އިސްތަށި ފައިބާ ކަމަށް ވެއެވެ.
މި ދަންނަވަނީ މި ކަމަށް ގޭގައިވެސް ދެވިދާނެ ޚަރަދު ކުޑަ މޮޅު ފަރުވާ އެކެވެ.
1.ކާށި ކިރު : ކާށި ކިރު އިސްތަށިތަކުގެ ބުޑުގައި އުނގުޅަމުން އިގިލިތަކުން މަސާޖް ކޮށްލާށެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ރީތި ވުމުގެ އިތުރުން އިސްތަށި ފެޅުން ވެސް ގިނަ ވާނެއެވެ.
2. ކުކުޅު ބިސް : ކުކުޅު ބިހަކީ ގިނަ އަދަދަކަށް ސަލްފަރ އެކުލެވިގެންވާ އެއްޗަކަށްވާތީ މިއީ އިސްތަށިފޭބުން ދުރު ކުރުމަށް ވަރަށް ބޭނުން ތެރި އެއްޗެކެވެ. އަދި ކޮންޑިޝަނަރ އަކަށް ވެސް ބޭނުން ކުރެވިދާނެ މޮޅު އެއްޗެކެވެ. ބިސް ރަނގަޅަށް ގިރާލާފައި އިސްތަށިގަނޑުގައި އުނގުޅާލާށެވެ. 20 މިނިޓް ފަހުން އައިސްފެނުން ރީތިކޮށް ދޮވެލާފައި މައިލްޑް ޝޭމްޕޫ އެއް ބޭނުން ކުރައްވާށެވެ.
3.ފިޔާ : އިސްތަށިފޭބުން ދުރުކުރުމަށް ފިޔާއަކީވެސް މޮޅު ފަރުވާ އެކެވެ. ފިޔާ ޖޫސް ހައްދަވައިގެން ފެންވަރަން ދިއުމުގެ 1ގަޑިއިރު ކުރިން ބޮލުގާ އުނގުޅާށެވެ.
ކިޔުންތެރިންގެ ޚިޔާލު