ސިޓީ އެއްވަރުވެ، ޗެލްސީބަލިވުމުން ލިވަޕޫލަށް ފުރުސަތު ބޮޑުވެއްޖެ

ސިޓީއާ ދެކޮޅަށް ރޭ އާސެނަލް ކުޅުނު މެޗްގައި އާސެނަލް ކުޅުންތެރިން ލަނަޑުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ ގޯލް ޑޮޓް ކޮމް

ސިޓީއާ ދެކޮޅަށް ރޭ އާސެނަލް ކުޅުނު މެޗްގައި އާސެނަލް ކުޅުންތެރިން ލަނަޑުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ ގޯލް ޑޮޓް ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުމުން މެންޗެސްޓާ ސިޓީ އަށް ތާވަލްގެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ގެއްލި ލިވަޕޫލަށް ލީގުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

އަނެއްކޮޅުން ރޭ ޗެލްސީ ވަނީ ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ލީގަށް ކުރާ އުއްމީދުތަކަށް ހުރަސް އެޅިފައެވެ. ކްރިސްޓަލް ޕެލެސް އަތުން ޗެލްސީ ބަލިވީ 1-0 އިންނެވެ. ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ ބަލިވުމުން، ރަށުން ބޭރުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން ތާވަލްގެ އެއްވަނަ އަށް ލަނޑުގެ ތަފާތުން އެރުމުގެ ފުރުސަތު ސިޓީ އަށް އޮތެވެ. އެހެންނަމަވެސް އެފުރުސަތު މިހާރު އޮތީ މިރޭ ޓޮޓެންހަމް އާ ބައްދަލުކުރާ ވާދަވެރި ލިވަޕޫލަށެވެ. ލިވަޕޫލް މިރޭ ކުޅޭ މެޗުން އެއްވަރުވިނަމަވެސް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން އެއްވަނަ ލިބޭނެއެވެ.

ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ޑޭވިޑް ސިލްވާ އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފުގައި އާސެނަލް އިން އެއްވަރުކުރީ މެތިއު ފްލެމިނީ ޖެހި ލަނޑުންނެވެ.

ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް އަތުން ޗެލްސީ ބަލިވީ މެޗުގެ 52 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ތާވަލުގެ ތިން ވަނައިގައި އޮތް ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ޗެލްސީ އަށް ލިބިފައި އޮތް ނަމަވެސް، ޗެލްސީ ވަނީ ސިޓީ އަށްވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.

ރެލިގޭޝަން އިން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ޕެލެސް އަތުން ޗެލްސީ ބަލިވުމާއެކު، އެ ޓީމަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯވެސް ވަނީ ބުނެފަ އެވެ.

” އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަށް ކުޑަކޮށް ބަލާލަން ޖެހުނަސް، އަހަރެމެންނަށް ފުރުސަތު ބޮޑު. އެކަމަކު މާ ބޮޑަށް ބަލަންޖެހުނީމަ ފުރުސަތު ހަނިވާނެ. މިހާރު ޗެލްސީ އަށް ލީގު ލިބޭނެ ކަމަށް އުންމީދެއް ނުކުރަން،” މޮރީނިއޯ ބުންޏެވެ.

ލީގުގައި އިއްޔެ އެސްޓަންވިލާ އަތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 4-1 އިންނެވެ.
މި މެޗުގެ ފެށިތަނާހެން ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއިސް މަގާމުން ވަކިކުރުމަށް ގޮވާލައިފައިވާ ބެނާއެއް ހަރުކޮށްގެން ޔުނައިޓެޑް އޯލްޑް ޓްރެފޯޑްގެ މަތިން މަތިންދާ ބޯޓެއް އުދުހުނެވެ. މިއީ މޮއިސް މަގާމުން ވަކިކުރުމަށް ބޭނުންވާ ސަޕޯޓަރުންތަކެއް އިންތިޒާމްކުރި ކަމެކެވެ. އެކަމަކު މެޗު ފެށުމުގެ ކުރިން ދަނޑުގައި ތިބި ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ވަނީ މޮއިސް އަށް ތާއީދުކޮށްފަ އެވެ.

ލީގުގައި ރޭ ކާޑިފް ސިޓީ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، ނިއުކާސަލް އަތުން ސައުތުހެމްޓަން މޮޅުވީ 4-0 އިންނެވެ. ހަލް ސިޓީ އަތުން 1-0 އިން ސްޓޯކް ސިޓީ މޮޅުވިއިރު، ނޯވިޗް ސިޓީ އަތުން ސްވަންސީ މޮޅުވީ 3-0 އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top